މާލޭގައި ތަޅަމުންދިޔަ އިމާރާތެއްގެ ކޮންކްރީޓް ގަނޑަކުން ޖެހިގެން ހުރި ގޭގައި ޖެހި އެގޭގެ ފާރުގެ ބައެއް ހަލާކުވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 5:45 އެހައިކަންހާއިރު މ. ގުލްބަހާރުގޭގެ އިމާރާތް ތަޅަމުންދަނިކޮށް ވެއްޓުނު ކޮންކްރީޓް ގަނޑަކުން ޖެހި ގެއްލުންވެފައި ވަނީ ޖެހިގެންހުރި މ. ސަމަންދަރުގޭގެ ދެވަނަ ފްލޯގެ ފާރުގެ ބަޔަކަށް ކަމަށެވެ.

މާލޭގައި ތަޅަމުންދިޔަ އިމާރާތެއްގެ ކޮންކްރީޓް ގަނޑަކުން ޖެހިގެން ހުރި ގޭގައި ޖެހި އެގޭގެ ފާރުގެ ބައެއް ހަލާކުވެފައި --- ފޮޓޯ/ ޕޮލިސް

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި އެ ހާދިސާގެ މައުލޫމާތު މާލޭ ސިޓީ ކައުންސިލާ ހިއްސާކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި ފޮޓޯތަކުން ފެންނަގޮތުގައި ތަޅައިގެން ދިޔައީ ސަމަންދަރުގޭގެ ކޮޓަރިއެއްގެ ފާރެވެ. ތަޅައިގެން ދިޔަ ބައި ވެއްޓިފައި ވަނީ އެ ކޮޓަރީގައި ހުރި އެނދު މައްޗަށާއި އެ ކޮޓަރި ތެރެއަށެވެ.

މާލޭގައި ތަޅަމުންދިޔަ އިމާރާތެއްގެ ކޮންކްރީޓް ގަނޑަކުން ޖެހިގެން ހުރި ގޭގައި ޖެހި އެގޭގެ ފާރުގެ ބައެއް ހަލާކުވެފައި --- ފޮޓޯ/ ޕޮލިސް