ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައި ބޮލީވޫޑްގެ މަޝްހޫރު ތަރި، ވިވެކް އޮބޮރޯއީއާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބައްދަލު ކުރައްވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، މިނިސްޓަރު މިއަދު ވިވެކްއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރީ އިންޑިއާގެ މުހިންމު ސިޓީތަކުގައި ރާއްޖެ ޕްރޮމޯޓް ކުރުމާ ގުޅޭ ގޮތުން ކަމަށެވެ. އަދި އެކަމުގައި ވިވެކްގެ އެހީތެރިކަން ހޯދޭނެ ގޮތްތަކާ މެދު މިނިސްޓަރު މަޝްވަރާ ކުރެއްވި ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.

މިނިސްޓްރިއިން އަދި ބުނި، މިއަދުގެ ބައްދަލުވުމުގައި ރާއްޖެއިން ވިވެކްއަށް ލިބުނު މެހެމާން ދާއިރީ އާއި ރާއްޖޭގެ ރީތިކަމަށް އޭނާ ތައުރީފް ކުރި ކަމަށެވެ.