09 Jun 2019, 22:16
ބޮއްކުރައެއްގައި ދަތުރުކުރަމުން ދަނިކޮށް ކަނޑަށް ފުއްމާލުމުން ގެއްލުނު ގއ. ކަނޑުހުޅުދޫ މީހާ ފެނިއްޖެ އެވެ.
ފުލުހުން ބުނިގޮތުން ގެއްލުނީ ފުލުހުންނަށް ފިލަން ވެގެން ކަނޑަށް ފުއްމާލި މީހަކު ހޯދަން ދިޔަ ބޮއްކުރާގައި ތިބި މީހުންގެ ތެރެއިން އެކަކެވެ.
އެމީހާ މިހާރު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިރޭ ފުލުހުންނަށް ފިލަންވެގެން ކަނޑަށް ފުންމާލި މީހާއަކީ މަސްތުވާތަކެތި ހިފައިގެން ކަނޑުހުޅުދުއަށް ފެރީއެއްގައި އަންނަ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހޯދަން އުޅުނު މީހެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އޭނާ ހޯދަން ކަނޑުހުޅުދޫގައި ހަރަކާތްތެރިވާކަން އެނގިގެން ކަނޑަށް ފުންމާލީ ކަމަށްވެސް ފުލުހުން ބުނެ އެވެ. އެމީހާވެސް މިހާރު ވަނީ ފެނިފަ އެވެ.