ރާއްޖެ އާއި އިންޑިއާ އާ ދެމެދު ހަ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެގައުމުގެ ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ރައީސް އޮފީހުގަ އެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކަކީ މީހުން ބިނާކުރުމާއި އިގްތިސޯދީ ދާއިރާ އިން ސޮއިކުރެވުނު އެއްބަސްވުންތަކެކެވެ.

އިންޑިއާ-ރާއްޖެއިން މިއަދު ސޮއިކުރި އެއްބަސްވުންތައް

  • ސިއްހީ ދާއިރާ އިން ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުން

  • ދިވެހި ސިވިލް ސާވަންޓުން ތަމްރީނުކޮށް ސިވިލްސާވަންޓުންގެ ފަންނީ ގާބިލްކަން އިތުރު ކުރުމުގެ އެއްބަސްވުން
  • ހައިޑްރޯގްރަފީ އަދި އޯޝަން އިކޮނޮމީ އާއި ގުޅޭ އެއްބަސްވުން
  • އެމްއޯޔޫ އޮން ޝެއަރިން ވައިޓް ޝިޕިން އިންފޮމޭޝަން ބިޓްވީން އެމްއެންޑީއެފް އެންޑް އިންޑިއަން ނޭވީ
  • ކޯޕަރޭޝަން އޮން ކަސްޓަމްސް ކެޕޭސިޓީ ބިލްޑިން

މި ރަސްމިއްޔާތުގައި މޯދީ ވަނީ ޅ. މާފިލާފުށީގައި ގާއިމްކޮށްފައިވާ ކޮމްޕޮސައިޓް ޓްްރެއިނިން ސެންޓަރު ވެސް އިފްތިތާހުކޮށްދެއްވައިފައެވެ. މިއީ އިިންޑިއާ ސަރުކާރުގެ ހަތް މިލިއަން ޑޮލަރު ގެ ހިލޭގެ ދަށުން ދިވެހި އަސްކަރިއްޔާގެ ތަމްރީނު ތަކުގައި ބޭނުންކުރުމަށް ތަރައްގީކުރި ޓްރެއިނިން ސެންޓަރެކެވެ.

އިންޑިއާގެ އެހީގައި ރާއްޖޭގައި ބަހައްޓާފައިވާ ދެ ރާޑަރު ސިސްޓމުވެސް މިއަދު ވަނީ އިފްތިތާހު ކޮށްފައެވެ. އޭގެ ތެރެއިން މިއަދު އިފްތިތާހުކޮށްފައިވަނީ މ. މުުއްޔާއި ލ. ކައްދޫގައި ބެހެއްޓި ރާޑަރު ސިސްޓަމު ތަކެވެ. ރާޑަރު ސިސްޓަމްތައް އިފްތިތާހުކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންުރަ މޯދީ އެވެ.

ރާޑަރު ސިސްޓަމްތަކުގެ ސެންޓްރަލް ކޮންޓްރޯލު ސެންޓަރު ހުންނާނީ ވިލިމާލޭގައެވެ.