Last Updated: 6 year 6 month ago
Last Updated:
6 year 6 month ago
ނޫ އިގްތިސާދުގެ ފައިދާ ހޯދުމަށް ރާއްޖެހާ އެކަށޭނަ ބައިވެރިއެއް ނެތް: މޯދީ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ލައިވް ކަވަރޭޖަށް މަރުހަބާ.
އިންޑިއާގެ ބޮޑު ވަޒީރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ލޭންޑް ކުރާނެ ކަމަށް ލަފާކުރެވެނީ 15:05ގައި. އެއާ އިންޑިއާ ވަންގައި މޯދީ ރާއްޖެ ވަޑައިގަންނަވަނީ ތިރުވަނަންތަޕޫރަމްއިން ފުރާވަޑައިގެން.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މޯދީއަށް މަރުހަބާ ދަންނަވާނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު. މާލެއިން ޖުމްހޫރީ މައިދާނުން މޯދީއަށް މަރުހަބާ ދެންނެވުމަށް ހަމަޖެހިފައިވަނީ 15:30ގައި. އެއަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ރަސްމީ ބައްދަލުވުންތައް ފެށިގެންދާނެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ ބައްދަލުވުމަށް ފަހު. އޭގެ ފަހުން މީޑިއާއާ ބައްދަލުކުރުމާއި ނައިބު ރައީސް ފައިސަލް ނަސީމްއާ މޯދީ ބައްދަލުކުރައްވާނެ.
ރައްޔިތުންގެ މަޖިލީހުގައި މޯދީ ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ އިރުއޮއްސި 18:45 ގައި. ތަގުރީރުގެ ކުރިން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ މޯދީ ބައްދަލު ކުރައްވާނެ.
19:37
މޯދީއަށް ހަދިޔާއެއްގެ ގޮތުގައި، ރާއްޖޭގައި ފުރަތަމަ ގާނޫނު އަސާސީގެ ކޮޕީއެއް މަޖިލީހުން އަރުވައިފި
މޯދީގެ ތަގުރީރު ނިންމަވާލައްވައިފި
"ނޫ އިގްތިސާދުގެ ފައިދާ ހޯދުމުގައި މި ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި އެއްބާރުލުން ހޯދުމަށް ދިވެހިރާއްޖެ ފަދަ އެހެން ބައިވެރިޔަކު އަޅުގަނޑުމެންނަކަށް ނުހޯދޭނެ. ސަބަބަކީ، އަޅުގަނޑުމެންނަކީ ކަނޑުގެ ގޮތުން އަވަށްޓެރީން."
-މޯދީ
"މިއަދު އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، އިންޑިޔާއިން އިންޑިޔާއަށް ލިބިފައިވާ ބާރާއި، ގާބިލިއްޔަތު ބޭނުން ކުރާނީ ހަމަ އެކަނި އިންޑިޔާގެ ކުރިއެރުމާއި ސަލާމަތީ ކަންކަމަށް އެކަނި ނޫން ކަން."
-ބޮޑުވަޒީރު މޯދީ
"ހަތަރު އަހަރު ކުރީން، އަޅުގަނޑު ވަނީ އިންޑިޔާ ކަނޑުގެ ސަރަހައްދާ މެދު އިންޑިޔާގެ ތަސައްވުރަކާއި ބައިވެރިވުން ދޭނެ ގޮތްތަކާ ބެހޭ ގޮތުން ސާގަރުގެ ނަމުގައި މަފްހޫމެއް ހުށަހަޅާފަ. ސާގަރްއަކީ ހިންދީ ބަހުން ކަނޑު. އެސްއޭގީއޭއާރު މި އަކުރުތައް ބިނާ ވެގެންވަނީ 'ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން.' މި އިބާރާތަށް."
-ބޮޑުވަޒީރު މޯދީ
"ގަދީމީ އިންޑިޔާގެ ފަލްސަފާގައި އޮންނަ ގޮތުން ބިމަކީ އަހަރެމެންގެ މަންމަ. އަދި އަހަރެމެން އެންމެންނަކީ އެ ބިމުގެ ދަރީން. މި ބިމަކީ އަހަރެމެންގެ މަންމަ ކަމަށް އަހަރެމެން ބަލާ ނަމަ، އަހަރެމެން އެ ބިމަށް އިހުތިރާމުކޮށް ބިން ހިމާޔަތް ކުރާނެ. އެބިމަށް ގެއްލުމެއް ނުދޭނެ. އަޅުގަނޑުމެން ދަންނަން ޖެހޭ، މި ބިމަކީ އަހަރެމެންގެ އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭ ތަރިކައެއް ކަން. މިއީ އަޅުގަނޑުމެންގެ އަމިއްލަ މިލްކެއް ނޫންކަން."
-ބޮޑުވަޒީރު މޯދީ

"މޫސުމީ ބަދަލުތަކުގެ ވާހަކަ އަޅުގަނޑު ފާހަގަ ކޮށްފިން. އެއްވެސް ޝައްކެއް ނެތް. އެއީ އަޅުގަނޑުމެން ކުރިމަތިލާން ޖެހިފައިވާ ހަގީގަތެއް. ކޯރުތަކުގެ ފެން ހިނދި، މޫސުން ލަފާ ކުރާން ނޭނގުމަކީ އަޅުގަނޑުމެންގެ ދަނޑުވެރިކަމާއި ދަނޑުވެރީންނަށް ކުރިމަތިލާން ޖެހިފައިވާ އުނދަގޫ ހާލަތެއް"
-ބޮޑުވަޒީރު މޯދީ

"މިއަދުވެސް ބައެއް މީހުންގެ ނަޒަރުގައި "ރަނގަޅު" ޓެރަރިސްޓުންނާއި "ގޯސް" ޓެރަރިސްޓުން މި ގޮތަށް، ތަފާތު ދެ މިންގަނޑަކުން ޓެރަރިސްޓުން މިން ކުރެވޭ ކަމަކީ ވަރަށް ބޮޑު ބަދު ނަސީބެއް. އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން އެކުވެރިކަމާ އެކު ޓެރަރިޒަމާ ހަނގުރާމަ ކުރާން އެބަ ޖެހޭ."
-ބޮޑުވަޒީރު މޯދީ
"ޓެރަރިޒަމަކީ އަޅުގަނޑުމެންނަށް މި ދުވަސްވަރު ކުރިމަތިވެފައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއް. މިއީ ވަކި ގައުމަކަށް، ވަކި ދީނަކަށް އޮތް ގޮންޖެހުމެއް ނޫން. މިއީ މުޅި އިންސާނީ ނަސްލަށް ކުރިމަތިވެފައި އޮތް ގޮންޖެހުމެއް."
-ބޮޑުވަޒީރު މޯދީ
މޯދީ ތަގުރީރުކުރައްވަން ފެއްޓެވުމާއެކު މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު (ޓޮމް) ވަނީ ޗެމްބަރު ދޫކޮށް ވަޑައިގެންފައި.
https://twitter.com/tedmaldives/status/1137359928560013312
"ދެ ގައުމުގެ ގުޅުންތައް ހަމަ އެކަނި ބިނާވެގެން ވަނީ ދެ ގައުމުގެ ސަރުކާރުގެ މައްޗަށް އެކަންޏެއް ނޫން. މި ގުޅުންތަކުގެ ލޭނާރަކީ ދެ ގައުމުގެ މީހުންގެ ދެމެދުގައި އޮންނަ ގުޅުންތައް."
-ބޮޑުވަޒީރު މޯދީ
"ރައީސް ސޯލިހް އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި އެއްބަސްވެވުނު 1.4 ބިލިޔަން އެމެރިކާ ޑޮލަރުގެ އިގްތިސޯދީ ޕެކޭޖު ތަންފީޒު ކުރުމުގެ ކަންކަން ދަނީ ކުރިޔަށް."
-ބޮޑުވަޒީރު މޯދީ
"އިންޑިޔާއިން ވަނީ ދިވެހިރާއްޖޭގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި، އަދި ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށް އެހީތެރިވުމުގައި އަދި ދިވެހިރާއްޖޭގެ ކުރިއެރުމާއި ސުލްހައަށް ޓަކައި ކޮނޑާކޮނޑު ޖައްސައިގެން ސާބިތުވެފަ."
-ބޮޑުވަޒީރު މޯދީ
"ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރި ކުރުމުގައި އެހީތެރިވުމާއި، ދިވެހިރާއްޖޭގެ ގަދީމީ ފަތްފުށް ރައްކާތެރި ކުރުމުގައި އެހީތެރިވުމާއި، ދިވެހި ބަހުގެ ރަދީފު ތަރައްގީ ކުރުމުގައި އެހީތެރިވުމަކީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ކަމެއް."
-ބޮޑުވަޒީރު މޯދީ
"މީގެ ކުޑަ އިރުކޮޅެއް ކުރީން، އަޅުގަނޑަށް ވަނީ ދިވެހިރާއްޖޭގައި ބިދޭސީންނަށް ދޭ މަދަނީ އިއްޒަތުގެ އެންމެ މަތީ ޝަރަފު، ދިވެހިރާއްޖޭގެ ރައީސްގެ އަތްޕުޅުން ލިބިފައި. މި ކަމަށްޓަކައި ލަފްޒުތަކަކުން ޝުކުރު އަދާ ކުރުން ވަރަށް ދަތި."
-ބޮޑުވަޒީރު މޯދީ
"އަޅުގަނޑުގެ ސަރުކާރުގެ އުސޫލީ ފަލްސަފާއަކީ، "ސަބްކާ ސާއްތް. ސަބްކާ ވިކާސް، ސަބްކާ ވިޝްވާސް." (ހުރިހާ އެންމެން ގުޅިގެން. ހުރިހާ އެންމެންގެ ތަރައްގީއަށް. ހުރިހާ އެންމެންގެ އިތުބާރާއެކު.) މި ފަލްސަފާއަކީ ހަމަ އެކަނި އިންޑިޔާއަށް އޮތް އެއްޗެއް ނޫން. މިއީ އަޅުގަނޑުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ވެސް ބިންގާ. ހާއްސަކޮށް އަޅުގަނޑުމެންގެ އަވަށްޓެރީންނާ އެކު ކުރިޔަށް ދިއުމުގައި ކަންކަން ބައްޓަން ކުރާނެ ގޮތަކީ. "އެންމެ ފުރަތަމައަށް އަވަށްޓެރީން." މިއަށް އަޅުގަނޑުމެން އެންމެ އިސްކަންދެނީ،"
-ބޮޑުވަޒީރު މޯދީ
"މަޖިލިސް ކުރާ ގެއަކީ ތަގާތު ފިކުރުތަކާއި ޕާޓީތަކުން ގުޅިގެން ޑިމޮކްރަސީއާއި ގައުމީ ތަރައްގީއާއި ސުލްހައަށްޓަކައި އެއް މިސްރާބަކަށް އަމާޒު ސީދާކުރާ ތަން. މިކަން އެބޭފުޅުން ކުރައްވަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރީން ދިވެހިރައްޔިތުން ގުޅިގެން މުޅި ދުނިޔެއަށް ދައްކައިދިން ރީތި މިސާލާ އެއް ގޮތް ވާ ގޮތުގެ މަތީން،" - ބޮޑުވަޒީރު މޯދީ
"ދިވެހިރާއްޖޭގެ އާންމު ރައްޔިތުން ޑިމޮކްރަސީއަށް ދީފައި އަހައްމިއްޔަތާއި ތިޔަ އިއްޒަތްތެރި ރައީސް ފަދަ ލީޑަރުންނަށް އެ ރައްޔިތުންގެ ހިތްތަކުގައިވާ ލޯބި އެ ދުވަހު އަޅުގަނޑަށް ފެނުނު."
-ބޮޑުވަޒީރު މޯދީ
"މިއީ ދިވެހިރާއްޖެއަށް އަޅުގަނޑު ކުރާ ދެވަނަ ޒިޔާރަތް. އެއް ގޮތަކުން ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ ތާރީޚީ ޖަލްސާއެއްގައި އަޅުގަނޑަށް ބައިވެރިވޭ ދެވަނަ ފަހަރު މިއީ. މިދިޔަ ނޮވެންބަރު މަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ރައީސް ސޯލިހް ހަވާލު ވެވަޑައިގެން ރައީސް ކަމުގެ ހުވާ ކުރެއްވި ރަސްމިޔާތުގައި ބައިވެރިވުމަކީ އަޅުގަނޑަށް ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ލިބުނު."
-ބޮޑުވަޒީރު މޯދީ
ހިންދީ ބަހުން މޯދީގެ ތަގުރީރު ފައްޓަވައިފި
މޯދީ ތަގުރީރުކުރެއްވުމަށް ދައުވަތު އަރުވަމުން ރައީސް ނަޝީދުގެ ވާހަކަފުޅު ނިންމަވާލައްވައިފި
މަޖިލީހުގެ ރައީސް ނަޝީދު މިވަގުތު ވާހަކަދައްކަވަމުން ގެންދަވަނީ ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގުޅުމުގެ މައްޗަށް
މިހާރު ވާހަކަދައްކަވަނީ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު
މޯދީ މަޖިލީހުގެ ޗެމްބަރަށް ވަޑައިގަތުމާއެކު މަޖިލިސް ފަށައިފި
މަޖިލީހުގެ ގިނަ މެމްބަރުން މިހާރު ތިއްބެވީ ޖަލްސާ ކުރާ މަލާމުގައި.
https://twitter.com/tedmaldives/status/1137357175846625281
މޯދީ މަޖިލީހުގައި ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ ހިންދީ ބަހުން
ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުކުރެއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ، މަޖިލިސް ކުރާގެއަށް ވަޑައިގެންފި. އެމަނިކުފާނަށް މަޖިލީހުން މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
"ރާއްޖެ އާއި އިންޑިއާގެ އެކުވެރިކަން އަބަދަށް." ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިވެހި ބަހުން ވިދާޅުވި
ރާއްޖެއާ އިންޑިއާގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވެން ހުރި ކަންކަމާ ބެހޭ ގޮތުން ރައީސް ސޯލިހާ އެކު މަޝްވަރާ ކުރެވި ކަމަށް ބޮޑުވަޒީރު މޯދީ ވިދާޅުވި
މޯދީ ވިދާޅުވީ ރާއްޖެއަށް ދިމާވާ ކޮންމެ ކާރިސާއެއް ނުވަތަ އެހީ ބޭނުންވާ ކޮންމެ ހާލަތެއްގައިވެސް އިންޑިއާ އެންމެ ކުރީ ސަފުގައި އޮވެ އެހީތެރިވަމުން ގޮސްފައިވާނެ ކަމަށާއި އަދި ވަމުން ގެންދަވާނެ ކަމަށް
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ ރާއްޖެއިން ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ޝަރަފު ދިވެހި ސަރުކާރުން އެރުއްވުމަކީ މުޅި އިންޑިއާއަށްވެސް ލިބިގެން ދިޔަ އުފަލެއް ކަމަށް.
ރާއްޖެއާ އިންޑިއާގެ ގުޅުމަށް އަބަދުވެސް މި ސަރުކާރުން އިސްކަމެއް ދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި
އިންޑިއާއާއެކު ގުޅުން ބަދަހި ކުރުމާއެކު އަވައްޓެރި އެހެން ގައުމުތަކާއެކު ވެސް ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ސޯލިހު ވިދާޅުވި
އިންޑިއާއިން ދޭ ލައިން އޮފް ކްރެޑިޓްގެ ދަށުން ތަރައްގީގެ މަޝްރޫއުތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި
އިންސާނީ ވަސީލަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މުހިންމު އެމްއޯޔޫތަކެއްގައި މިއަދު ސޮއިކުރެވުނު ކަމަށް ރައީސް ސޯލިހު ވިދާޅުވި. އެގޮތުން ސިވިލް ސާވެންޓުން ތަމްރީނު ކުރުމާއި ކަސްޓަމްސް އޮފިސަރުން ތަމްރީނު ކުރުމަށް ވެވުނު އެއްބަސްވުން ރައީސް ސޯލިހު ފާހަގަ ކުރެވި
ދެގައުމުގެ ގުޅުން މިހާރަށްވުރެ ބަދަހި ކުރުމަކީ ދެގައުމަށްވެސް ކުރިއެރުން ލިބިގެންދާނެ ކަމެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި
ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އިންޑިއާއިން ދޭ އެހީތެރިކަން ފާހަގަކޮށް ރައީސް ސޯލިހު ވަނީ ޝުކުރު އަދާކުރައްވާފައި
ރައީސް ސޯލިހު ވިދާޅުވީ އިންޑިއާ އަދި ރާއްޖޭގައި އޮތީ ވަރުގަދަ ބަދަހި ގުޅުމެއް ކަމަށް.
ރައީސް ސޯލިހު ސްޓޭޓްމެންޓް ކުރިއަށް ގެންދަވަނީ ދިވެހި ބަހުން
"އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ހޫނު މަރުހަބާއެއް ދެންނެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ނިޝާން އިއްޒުއްދީންގެ ލަގަބު އަރުއްވައިފި
ބޮޑުވަޒީރު މޯދީ ރައީސް ސޯލިހަށް ހަދިޔާއެއްގެ ގޮތުގައި ގެންނަވާފައިވަނީ އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކުޅުން ތެރިން ސޮއިކޮށްފައިވާ ކްރިކެޓް ބެޓެއް. މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލު ކުރެއްވުމުގައި ބޮޑު ވަޒީރު މޯދީ ވަނީ ރައީސް ސޯލިހަށ ްއެ ބެޓް އަރުވާފައި
https://twitter.com/narendramodi/status/1137335902718398464
އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ބެހެއްޓި ދެ ރާޑަރު ސިސްޓަމް ވެސް ބޮޑުވަޒީރު މޯދީ ވަނީ އިފްތިތާހު ކޮށްދެއްވާފައި
ޅ. މާފިލާފުށީގައި އިންޑިއާ ސަރުކާރުގެ އެހީގައި އަޅާފައިވާ ސިފައިންގެ ޓްރެއިނިންގް ސެންޓަރު މިއަދު ވަނީ ޕްރައިމް މިނިސްޓަރު ނަރެންދްރަ މޯދީ އިފްތިތާހު ކޮށްދެއްވާފައި. އެ ޓްރެއިނިން ސެންޓަރަކީ ހަތް މިލިއަން ޑޮލަރު ހަރަދުކޮށްގެން އަޅާފައިވާ ޓްރެއިނިން ސެންޓަރެއް
އޭގެ އިތުރުން ސިވިލް ސާވިސް މުވައްޒަފުން ޓްރެއިން ކުރުމާއި ފަންނީ ގާބިލްކަން އިތުރުކުރުމުގް އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކޮށްފައި
ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ސިއްހީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާއި، ރާއްޖެއާ އިންޑިއާއާ ދެމެދު ކާގޯ އެންޑް ފެސިންޖަ ފެރީގެ ނިޒާމު ގާއިމް ކުރުމާއި، ކަސްޓަމްސްގެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ
ރައީސް ސޯލިހު، ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުންތައް ނިންމާލައިފި. ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރުން. ދެން އޮންނާނީ ދެ ގައުމުގެ ދެމެދުގައި ކުރެވޭ އެއްބަސްވުންތަކުގައި ސޮއިކުރުން



އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ، ރާއްޖޭގެ ރައީސް އޮފީހުގައި އިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވަނީ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ، ރާއްޖޭގެ ރައީސް އޮފީހުގައި އިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވަނީ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއަށް ޖުމްހޫރީ މައިދާނުގައި މަރުަހބާ ދަންނަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއަށް ޖުމްހޫރީ މައިދާނުގައި މަރުަހބާ ދަންނަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއަށް ޖުމްހޫރީ މައިދާނުގައި މަރުަހބާ ދަންނަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރައީސް އޮފީހަށް ވަދެވަޑައިގަތުމަށް ފަހު ބޮޑުވަޒީރު މޯދީ ވަނީ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައި
ހަތްކޮޅުގެ މަރުހަބާއަކާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އިންޑިއާގެ ބޮޑުވަޒީރު މޯދީ ހިންގަވާފައި ރައީސް އޮފީހަށް ވަޑައިގެންފި
މިހާރު ދަނީ ދެ ގައުމުގެ ގައުމީ ސަލާން ކުޅެމުން.
މޯދީގެ ޝަރަފުގައި އެމްއެމްޑީއެފުން މިހާރު ދަނީ 21 ބަޑީގެ ސަލާމެއް އަރުވަމުން
ބޮޑުވަޒީރު ނަރެންދްރާ މޯދީ މާލެ ވަޑައިގެންފި. މޯދީ މާލެއަށް ވަޑައިގެންނެވީ ރަސްމީ ލޯންޗުކޮޅު "މެޖެސްޓީ"ގައި.
އެމަނިކުފާނަށް ޖުމްހޫރީ މައިދާނުން މަރުހަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު. ކެބިނެޓުގެ ވަޒީރުންވެސް މިވަގުތު ތިއްބެވީ ޖުމްހޫރީ މައިދާނުގައި.
ތާރީހުގެ ތެރެއިން
އިންޑިއާގެ ވެރިއަކު އެންމެ ފުރަތަމަ ރާއްޖެ ވަޑައިގެންނެވީ، ޖެނުއަރީ 1975 ގައި އިންޑިއާގެ އޭރުގެ ބޮޑު ވަޒީރު ރަޖީވް ގާންދީ. އެކަމަނާއަށް މަރުހަބާ ވިދާޅުވީ، އޭރު ރާއްޖޭގެ ބޮޑުވަޒީރު އަދި ހާރިޖީ ވަޒީރު އަހުމަދު ޒަކީ. ޒަކީ ވަނީ އިންޑިއާޔާ އެކު ގުޅުން ބަދަހި ކުުރުމުގެ ހާރީޖީ ސިޔާސަތަކަށް އިސްކަން ދެއްވާފައި.

1975 ގައި އިންޑިއާގެ އޭރުގެ ބޮޑު ވަޒީރު ރަޖީވް ގާންދީ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ވީއައިއޭ އިން މަރުހަބާ ދަންނަވަނީ. -- ފޮޓޯ/ ނޭޝަނަލް އާކައިވްސް އޮފް މޯލްޑިވްސް

1975 ގައި އިންޑިއާގެ އޭރުގެ ބޮޑު ވަޒީރު ރަޖީވް ގާންދީ ރާއްޖެ ވަޑައިގަތުމުން މާލެއިން މަރުހަބާ ދަންނަވަނީ. -- ފޮޓޯ/ ނޭޝަނަލް އާކައިވްސް އޮފް މޯލްޑިވްސް

1975 ގައި އިންޑިއާގެ އޭރުގެ ބޮޑު ވަޒީރު ރަޖީވް ގާންދީ ރާއްޖެ ވަޑައިގަތުމުން މާލެއިން މަރުހަބާ ދަންނަވަނީ. -- ފޮޓޯ/ ނޭޝަނަލް އާކައިވްސް އޮފް މޯލްޑިވްސް

1975 ގައި އިންޑިއާގެ އޭރުގެ ބޮޑު ވަޒީރު ރަޖީވް ގާންދީ ރާއްޖެ ވަޑައިގަތުމުން މާލެއިން މަރުހަބާ ދަންނަވަނީ. -- ފޮޓޯ/ ނޭޝަނަލް އާކައިވްސް އޮފް މޯލްޑިވްސް



މޯދީ ބޯޓުން އެއާޕޯޓަށް ފައިބައި ވަޑައިގަތުމާ އެކު އޮނަގާޑެއް އަރުވާނެ. މޯދީގެ ދެދުވަހުގެ މި ދަތުރުފުޅުގައި ފަސް ދާއިރާއަކުން ހަ އެއްބަސްވުމެއްގައި ސޮއިކުރަން ވަނީ ހަމަޖެހިފައި.
މޯދީ ދަތުރު ކުރެއްވި ފްލައިޓް މި ވަނީ ދާދި ދެންމެއަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައި. އެ މަނިކުފާނަށް މަރުހަބާ ދަންނަވާނީ ރާއްޖޭގެ ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު.
މޯދީގގެ މި ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރުކަމާ ދެވަނަ ދައުރަކަށް ހަވާލުވެވަޑައިގަތުމަށްފަހު ގައުމުން ބޭރަށް ވަޑައިގަންނަވާ ފުރަތަމަ ދަތުރުފުޅު. މޯދީގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ސްރީލަންކާއަށް.
https://twitter.com/narendramodi/status/1136959968433717250
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު މީގެ ކުރިން ލިބިވަޑައިގެންފައިވާ ބޭރުގެ އިއްޒަތްތެރިންނަކީ:
ޕްރިންސް ފިލިޕް، ޑިއުކް އޮފް އެޑިންބަރާ (15 މާޗު 1972)
- ޗުން ޑޫ ހުވާން، ދެކުނު ކޮރެއާގެ އޭރުގެ ރައީސް (30 އޮކްޓޫބަރު 1984)
- ސަރ ޝްރީދަތު ރާމްޕާލް، ކޮމަންވެލްތުގެ އޭރުގެ ސެކްރެޓަރީ ޖެނެރަލް (16 ނޮވެމްބަރު 1989)
- ޕްރިންސް އަލްވަލީދު ބިން ތޮލާލް، ސައުދީ ވިޔަފާރިވެރިޔާ (2 ޑިސެމްބަރު 2009)
- ޑރ. މަހުމޫދު އައްބާސް، ފަލަސްތީނުގެ ރައީސް (4 ޖޫން 2013)
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، ބޮޑުވަޒީރު މޯދީއަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން އެރުވުމަށް ވަނީ ހަމަޖެހިފައި.