08 Jun 2019, 12:29
ހއ. ހޯރަފުށި ސްކޫލު ސަރަހައްދުގައި ހުރި ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯވި އަލިފާންގަނޑު ފުލުހުން ނިއްވާލައިފި އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 09:24 އެހާކަންހާއިރު އެ މައްސަލަ ފުލުހުންނަށް ހުށައެޅި ކަމަށެވެ.
އަދި ހޯރަފުށިގައި މަސައްކަތްކުރާ ފުލުހުން ގޮސް އަލިފާން ނިއްވާލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަލިފާން ރޯވެފައި ވަނީ ކަރަންޓް ސްޕާކެއް ވެގެން ކަމަށް ފެނަކައިން މައުލޫމާތުދޭ ކަމަށް ފުލުހުން ބުންޏެވެ.

ރޯވި ކަރަންޓް ފޮށި--- ފޮޓޯ/ ފުލުހުން
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއްނުވެ އެވެ.