10:00


ހދ. ކުރިނބި އަށް އައި ނަގޫރޯޅިއެއްގައި، 300 އަހަރަށްވުރެ ވުރެ ގިނަ ދުވަސްވެފައިވާ ނިކަގަހެއް ވެއްޓި މިސްކިތަކަށާއި ބައެއް އެހެން އެއްޗިއްސަށް ގެއްލުންވެއްޖެ އެވެ.


ކުރިނބީ މީހަކު މިއަދު ބުނީ އިއްޔެ ހަވީރު ވަރަށް ގަދަ ވަޔާއެކު ވެހުނު ވާރޭގައި އައި އެ ނަގޫރޯޅީގައި ވެއްޓުނު ނިގަހަކީ އަލަށް މީހުން އާބާދުވާން ފަށައިފައިވާ ހިސާބުގައި ހުރި ހިމާޔަތްކޮށްފައިވާ ގަހެއް ކަމަށާއި އަދި އެ ގަހާ އެކު އެތާ ކައިރީ ހުރި އެހެން ގަސްގަސް ވެސް ވެއްޓިފައިވާ ކަމަށެވެ. އަދި އެތާ ކައިރީ ހުރި މިސްކިތެއްގެ ލައިޓްތައް ތަޅައިގެން ގޮސް މިސްކިތުގެ ފާރަށް ވެސް ގެއްލުންވެ އެތާ ކައިރީ ހުރި ހޮޅިދަނޑިއެއް ވެސް ވެއްޓި ކައިރީގައި ހުރި އެހެން ބައެއް ރުއްރުއް ވެސް ވެއްޓިފައިވާ ކަމަށް އޭނާ ބުންޏެވެ.