ސްޓްރޯކެއް ޖެހިހެން ދިވެއްސަކު އުމްރާގައި ނިޔާވެއްޖެއެވެ.

އެ ހާދިސާގައި ނިޔާވެފައިފައިވަނީ އައްޑޫ ސިޓީ ހުޅުދުއަށް ނިސްބަތްވާ ހަސަން އަޒީޒް ކިޔާ މީހެކެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ހުޅުދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝުކުރީ "ސަން" އަށް މައުލޫމަތު ދެމުން ވިދާޅުވީ އަޒީޒް ނިޔާވީ ރޭ މައްކާގައި ކަމަށެވެ.

" ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލްއަށް ގެންދިޔަތާ ދެ ގަޑިއިރު ފަހުން އޭނާ ނިޔާވީ. އޭނާއަަކީ ކުރިން ބަލިވެ އުޅުނު މީހެއްވެސް ނޫން." ކަމަށް ޝުކުރީ ވިދާޅުވިއެވެ.

ޝުކުރީ ވިދާޅުވީ، މިރޭ އިޝާ ނަމާދަށް ފަހު ހުޅުދޫގައި އަޒީޒްގެ މައްޗަށް ޣައިބުގައި ކަށުނަމާދުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަޒީޒްގެ މަރާ ބެހޭގޮތުން އިސްލާމިކް މިނިސްޓްރީން ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.