07 Jun 2019, 01:22
ގއ. ކަނޑުހުޅުދޫގައި އެއްޖިންސުން ގުޅުން ހިންގަން ތިބި ދެ މީހެއްގެ ގައިގައި ތަޅައިގެންފިއެވެ.
ކަނޑުހުޅުދޫ ކައުންސިލްގެ މެމްބަރަކު "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ އެ ހާދިސާގައި ތަޅައިގެންފައިވަނީ ދިވެއްސަކާއި ބަނގުލަދޭޝް މީހެއްގެ ގައިގައި ކަމަށެވެ.
" ބޭބެއަކާ ކޮއްކޮއަކާ ދެމީހުން ގެއަށް ދިޔައިރު އެހެން ބޭބެއަކު ބިދޭސީ މީހާއާ އެކު އެއްޖިންސުން ގުޅުން ހިންގަން އޮއްވާ ފެނުނީ. އެހެންވެ ވަގުތުން ތަޅައިގަތީ." ކަައުންސިލްގެ މެމްބަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ހާދިސާގައި އެ ދެ މީހުންނަށް މާބޮޑު ގެއްލުމެއް ނުލިބޭ ކަމަށެވެ.
" އެއްޖިންސުން ގުޅުން ހިންގި ފިރިހެން މީހާއަކީ މަސްތުވާތަކެތިވެސް ބޭނުންކުރާ މީހެއް" ކައުންސިލް މެމްބަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެ މައްސަލައިގައި ފުލުހުންގެ ބަހެއް ލިބޭ ގޮތް އަދި ވަނީ ނުވެފައެވެ.