ކްރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ބޭއްވި 10 ވަނަ ސްޕަ އެއިޓް ކުރިކެޓް މުބާރާތުގެ ޗެމްޕިއަންކަން މާލޭ ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.

މާލޭ ސްޕޯޓްސް ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ސީބޭއެމްގެ ޑިވެލޮމަންޓް ޓީމާ ބައްދަލުކޮށް ހަތަރު ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.

ފައިނަލް މެޗްގައި ޓޮސް ދިމާވުމުން ޑިވެލޮޕްމަންޓް ޓީމް ގަސްތުކުރީ ހޮވުމަށެވެ. އަދި މާލޭ ސްޕޯޓްސް ކުޅެންއަރާ 10 އޯވަރުގެ ތެރޭގައި 19 ލަނޑު ހެދިއެވެ. މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 54 ލަނޑުހެދި މުހައްމަދު އަފްލާހްއާއި 20 ލަނޑު ހެދި ހަސަން ހާޒިގްއެވެ.

ޖަވާބުގައި ސީބީއެމް ޑެވެލޮޕްމަން ޓީމް ކުޅެންއަރާ 10 އޯވަރުގައި ހަ ކުޅުންތެރިން ނުބައިވެގެން 90 ލަނޑުހެދިއެވެ. މެޗުގައި އެންމެ ރަނަގަޅަށް ކުޅުނީ 28 ލަނޑުހެދި އަހުމަދު އުމަރެވެ.

ފައިނަލްމެޗަށްފަހު މުބާރާތުގެ ވަނަތައް ހާސިލްކުރި ކުޅުންތެރިން ހޮވިއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ 138 ލަނޑު ހެދި މުހައްމަދު އަފްލާހްއެވެ. އަދި އެންމެ މޮޅު އުކުންތެރިއަކަށް ހޮވުނީ ހަތް ވިކެޓްނެގި މަހުމޫދު ރިޔާޒެވެ.