06 Jun 2019, 23:08
ބޮލީވުޑްގެ މަޝްހޫރު ތަރި ވިވެކް އޮބޮރޯއީ ރާއްޖެ އަތުވެއްޖެއެވެ.
ވިވެކް ރާއްޖޭގެ އެއާޕޯޓްގައި ނަގައިފައިވާ ފޮޓޯތައް މިހާރު މީސް މީޑިއާގައި ވާނީ ވަރަށް ބޮޑަށް އާންމުވެފައެވެ.
ވިވެކް މީގެ ކުުރިންވެސް ވަނީ ރާއްޖެ އައިސްފައެވެ.
ދާދި ފަހުން ވިވެކް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހަޔާތުގެ މައްޗަށް ކުޅެފައިވާ ފިލްމެއްގައި މޯދީގެ ރޯލްވެސް ކުޅެފައެވެ.
ދެހާސް ދެވަނަ އަހަރު ރިލީޒްކުރި "ކޮމްޕެނީ' ކިޔާ ފިލްމަކުން ބޮލީވުޑްއަށް ތައާރަފްވި ވިވެކް ވަނީ ގިނަ ފިލްމުތަކެއް ކުޅެފައެވެ. އޭގެ ތެރޭގައި ސާތިޔާ، މަސްތީ، ޝޫޓްއައުޓް އެޓް ލޯކަންވާލާ ފަދަ މަޝްހޫރު ފިލްމުތައް ހިމެނެއެވެ. ނަމަވެސް އޭނާ ކުޅުނު ގިނަ ފިލްމުތަކަކީ އެހާ ކާމިޔާބު ފިލްމުތަކެއް ނޫނެވެ.
ވިވެކް އަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އައިޝްވާރިޔާ ރާއީގެ ކުރީގެ ލޯބިވެރިޔާވެސް މެއެވެ. އައިޝްވާރިޔާއާ ރައްޓެހިވެގެން އުޅުނު ދުވަސްވަރު ވިވެކް ވަނީ މަޝްހޫރުު ފިލްމީ ތަރި ސަލްމާން ހާންއާވެސް ވަރަށް ބޮޑަށް މައްސަލަ ޖެހިފައެވެ.
ވިވެކްގެ ބައްޕައަކީވެސް ކުރިން ބޮލީވުޑްގެ މަޝްހޫރު ގިނަ ފިލްމުތަކެއް ކުޅެފައިވާ ސުރޭޝް އޮބޮރޯއީއެވެ.