އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅާ ގުޅިގެން މާލޭގެ ބައެއް މަގުތައް ބަންދު ކުރަން ނިންމައިފި އެވެ.

ފުލުހުން ބުނީ މޯދީގެ ދަތުރުފުޅާ ގުޅިގެން ސަލާމަތީ ބޭނުމަށް މާލޭގެ ބައެއް މަގުތަކުގައި ޕާކުކުރުން މިރޭ 7:00 އިން ފެށިގެން މަނާވާނެ ކަމަށެވެ. ޕާކު ކުރުން މަނާ ސަރަހައްދުތައް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.

ފުލުހުންގެ ޗާޓުން ފެންނަ ރީނދޫ ބަޔަކީ ބަންދު ކުރަން ނިންމާފައިވާ ސަރަހައްދެވެ. ރަތްކުލައިން ފެންނަނީ ޕާކު ކުރުން މަނާ ސަރަހައްދުތަކެވެ. އަދި ބައެއް މަގުތައް ވަންވޭ ކުރަން ނިންމާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މޯދީގެ ދަތުރުފުޅާ ގުޅިގެން ޓްރެފިކަށް ގެންނަ ބަދަލު -- ފޮޓޯ: ޕޮލިސް

ޕާކު ކުރުން މަނާކޮށްފައިވާ ސަރަހައްދުތަކުގައި މިރެއިން ފެށިގެން މިމަހުގެ އަށް ވަނަ ދުވަހުގެ މެންދަމު ބާރައާ ހަމައަށް އެއްގަމު އުޅަނދު ޕާކު ކުރުމަކީ މަނާކަމެކެވެ.

މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ މިމަހުގެ ހަތަކުން އަށަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވާނެ އެވެ.