ތ. ތިމަރަފުށީގައި ހާއްސައެހީއަށް ބޭނުންވާ މީހެއްގެ އެހީފޮށިން ވައްކަންކުރި މީހާއާއި ފައިސާތައް ހޯދައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ފަތިހު 05:30 ގައި އެ މައްސަލަ ފުލުހުންނަށް ހުށަހެޅި ކަަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ވައްކަންކުރި ގެއަށް ފުލުހުން ގޮސް ބަލާ ޗެކްކުރި ކަމަށެެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ވައްކަންކުރިކަމަށް ތުހުމަތު ކުރެވޭ މީހާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ވަގަށް ނެގި 2785 ރުފިޔާ އޭނާގެ އަތުން ހޯދުމަށް ފަހު އެ ފައިސާ މިހާރު ހަވާލުކޮށްފައިވާ ކަމަށެެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގް ކުރަމުންދާ ކަަމަށެވެ.