ގެސްޓްހައުސް އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 15 ގައި ބާއްވަން ނިންމައިފިއެވެ.

އުނިމާ ގްރޭންޑުގައި ބާއްވާ އެ ޖަމްއިއްޔާގެ އަހަރީ އާންމު ޖަލްސާގައި ޖަމްއިއްޔާގެ އެގްޒެކެޓިވް މަގާމުތަކަށް މެންބަރުން އައްޔަނު ކުރާނެއެވެ.

އަހަރީ އާންމު ޖަލްސާގައި ޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް އާއި ޓްރެޒަރާ، އިވެންޓް މެނޭޖަރު އަދި ބޯޑު މެންބަރުން އައްޔަނު ކުރާނެއެވެ. މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ގެސްޓްހައުސް އެސޯސިއޭޝަނުގެ މެންބަރުންނަށް ވަނީ ހުޅުވާލައިފައެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމާއި، ފައިސާ ދެއްކުން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.