05 Jun 2019, 10:33
އިންޑިއާގެ ބޮޑު ވަޒީރު ކަމަށް ވާދަކުރަން ޝައުގުވެރިވާ ކަމަށް ބޮލީވުޑްގެ ކާމިޔާބު ބަތަލާ ޕްރިޔަންކާ ޗޯޕްރާ 36، ބުނެފި އެވެ.
ޕްރިޔަންކާ އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އިނގިރޭސިވިލާތުގެ ދަ ސަންޑޭ ޓައިމްސް އަށް ދިން އިންޓަވިއުއެއްގަ އެވެ.
އެ އިންޓަވިއުގައި ޕްރިޔަންކާ ބުނީ އަބަދުވެސް ހެޔޮ ބަދަލުތަކާ ދޭތެރޭ ވިސްނާ ކަމަށާއި އެކަމަށް [ބޮޑުވަޒީރުކަމަށް] ވާދަކުރުމުގެ ފުރުސަތު ލިބިއްޖެނަމަ އެ ފުރުސަތު ދޫކޮށްނުލާނެ ކަމަށެވެ.
ޕްރިޔަންކާ ބުނީ އޭނާގެ ފިރިމީހާ ނިކް ޖޯނަސް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް ވެސް ވާދަކުރުމަށް ވެސް ފެންނަ ކަމަށެވެ.
"އަހަރެން އިންޑިއާގެ ބޮޑުވަޒީރު ކަމަށް ވާދަކޮށްފައި ނިކް ޖޯނަސް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް ވާދަކުރެވިދާނެ. އެއީ ގައިމު ވެސް ބަދަލެއް،"
ޕްރިޔަންކާ އަކީ ޔުނިސެފް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތްތަކެއް ކުރަމުން އަންނަ ބަތަލާއެކެވެ.
ހެޔޮ ބަދަލުތަކަށް ކުރެވޭ މަސައްކަތުގައި ހިއްސާވެވޭކަން ގަބޫލު ކުރާ ކަމަށް ވެސް އެ އިންޓަވިއުގައި ޕްރިޔަންކާ ބުންޏެވެ.
"އަހަރެންގެ އިތުރުން ފިރިމީހާ ވެސް ވާނެ ރަނގަޅު ފެންވަރެއްގެ ލީޑަރަކަށް. އޭނާއަށް ރައީސްކަން ކުރެވޭނެ. ކަންކަން ކުރަން އެންމެ ބޮޑަށް ހިތްވަރު ދޭ މީހަކީ ނިކް. އަބަދު ވެސް އަހަރެން ބޭނުން ކަމެއް ކުރުމުގެ އިހްތިޔާރު ދޭ،"