10:00


ދިރާގު ވޯލްޑް ކަޕް އެކްސްޕީރިއަންސްގެ ހަރަކާތްތަކުގެ ތެރެއިން ދިރާގު ވޯލްޑް ކަޕް ސަޕްރައިޒްގެ ނަމުގައި ދިރާގުން އިއްޔެ ޕްރޮމޯޝަނެއް ތަޢާރަފްކޮށްފި އެވެ.


ދިރާގުން ބުނީ ޕޯސްޓްޕެއިޑާއި ޕްރީޕެއިޑްގެ ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ދިރާގު ވޯލްޑް ކަޕް ސަޕްރައިޒަކީ ހިލޭ އެސްއެމްއެސް، އާއި ސޮނީ ސްޕޯޓްސް އިން ސަޕްރައިޒްގެ ގޮތުގައި ގިނަ ހަދިޔާތަކެއް ލިބޭ ޕްރޮމޯޝަނެއް ކަމަށެވެ.


އެގޮތުން ރޯމިން ފިޔަވައި ރާއްޖޭން ބޭރަށް އެސްއެމްއެސް ފޮނުއްވުމުން ސަޕްރައިޒް ހަދިޔާ ގެ ގޮތުގައި ދިރާގު ކަސްޓަމަރުންނަށް މުޅިން ހިލޭ އެސްއެމްއެސް ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ. ދިރާގުން ބުނީ ހިލޭ އެސްއެމްއެސް ބޭނުން ކުރެވެނީ ރާއްޖޭގައި އެސްއެމްއެސް ފޮނުވުމަށް ކަމަށެވެ. އަދި ހަދިޔާގެ ގޮތުގައި ލިބޭ އެސްއެމްއެސް ބޭނުން ކުރަން އެއްމަހުގެ މުއްދަތެއް ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.


ދިރާގުން ބުނީ ހިލޭ ސަޕްރައިޒް އެސްއެމްއެސް ލިބޭ ފަރާތްތައް ހަފްތާއަކު އެއްފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލަކީޑްރޯގައި ބައިވެރި ކުރެވޭނެ ކަމަށެވެ.


އަދި ވޯލްޑް ކަޕް ސަޕްރައިޒް ޕްރޮމޯޝަން ކުރިއަށްގެންދާނީ މިމަހުގެ 11 އިން އަންނަ ޖުލައި މަހުގެ 11 އަށް ކަމަށް ވެސް ދިރާގުން ބުންޏެވެ.