05 Jun 2019, 02:21
ދުނިޔޭގެ ފަތުވެރިކަމުގެ ސިނާއަތުގެ އޮސްކާގެ ނަމުން މަޝްހޫރުވެފައިވާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެފްރިކާ އެނޑް އިންޑިއަން އޯޝަން ކެޓެގަރީއިންި 03 އެވޯޑެއް ރާއްޖެއައް ލިބިއްޖެއެވެ.
އެގޮތުން ފަތުރުވެރިންނަށް އެންމެހިތްގައިމު މަންޒިލެއްގެ ގޮތުގައި " އިންޑިއަން އޯޝަންސް ލީޑިންްް ޑެސްޓިނޭޝަން އެވޯޑް،" އާއި " އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން އެވޯޑް،" އަދި "އިންޑިއަން އޯޝަންސް ލީޑިން ބީޗް ޑެސްޓިނޭޝަން" އެވޯޑް ވެސް ހާސިލް ކޮށްފައިވަނީ ދިވެހިރާއްޖެއިންނެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ ބައިނަލް އަގުވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެއް އިނާމެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެފްރިކާ އެންޑް އިންޑިއަން އޯޝަން ކެޓެގަރީ ގައި ރާއްޖެއާއި ވާދަކޮށްފައި ވަނީ މޮރިޝަސް، ސީޝެލްސް ފަދަ ޤަައުމުތަކެވެ.
މިދިޔަ އަހަރު 1.4 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިއާރަތް ކޮށްފައިވެއެވެ.