ފިތުރު ޢީދުގެ މުނާއްސަބަތުގައި، ޓްރީޓޮޕް ހޮސްޕިޓަލުން ހާއްސަ ޕްރޮމޯޝަނެއް ތައާރަފްކޮށްފިއެވެ.

ޓްރީޓޮޕުން ބުނީ މާދަމާއާއި ބުރާސްފަތި އަދި ހޮނިހިރު ދުވަހު ލެބޮރޮޓަރީ، ރޭޑިއޮލޮޖީ އަދި ޑައަގްނޮސްޓިކްސް ޑިޕާޓްމެންޓްތަކުން ކުރާ ޓެސްޓުތަކުން %10 ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލާއި އެހެން ސިއްޙީ ހިދުމަތްދޭ ފަރާތްތަކުން ޓެސްޓު ހަދަންދޭ ރެފެރަލް ބޭނުންކޮށްގެންވެސް އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް ރޭޑިއޮލޮޖީ ޑިޕާޓްމެންޓްގެ ދަށުން ސީ.ޓީ، އެމް.އާރް.އައި، އެކްސް.ރޭ، އަލްޓްރާ ސައުންޑް، މެމޯގްރަފީ، އަދި ބޯން ޑެންސިޓޮމެޓްރީ ޙިދުމަތް ލިބެއެވެ.

އަދި ލެބްރޮޓަރީ މެޑިސިންގެ ދަށުން ހީމަޓޮލޮޖީ، މައިކްރޯ ބަޔޮލޮޖީ، ކްލިނިކަލް ބަޔޯކެމިސްޓްރީ، އިމިއުނޮލޮޖީ، ޕަރެސައިޓޮލޮޖީ އަދި ޔޫރީން އެނެލިސިސްގެ ޙިދުމަތް ލިބޭއިރު އީ.އީ.ޖީ، އީ.ސީ.ޖީ. އެންސީވީ، ސްޕައިރޯމެޓްރީ، އަދި ޔޫރޯފްލޯމެޓްރީ ޙިދުމަތް ޑައަގްނޮސްޓިކްސް ޑިޕާޓްމަންޓުން ލިބެއެވެ.