ބ. އަތޮޅުގެ ހަ ރަށެއްގައި ފަގީރަކު ނެތިގެން އެ ރަށްތަކުގެ ޒަކާތް އެހެން ރަށްރަށަށް ފޮނުވައިި ބަހައިފިއެވެ.

ފަގީރަކު ނެތިގެން އެހެން ރަށްރަށަށް ޒަކާތް ފޮނުވި ބ. އަތޮޅުގެ ރަށްތަކުގެ ތެރޭގައި ފެހެންދޫ، ފުޅަދޫ، ދޮންފަނު، ކިހާދޫ ، ކެންދޫގެ އިތުރުން ކުޑަރިކިލު ހިމެނެއެވެ. އެ ރަށްތަކުން ޒަކާތް ބަހައިފައިވަނީ އެ އަތޮޅުގައި ފަގީރުން ތިބި އެހެން ރަށްތަކަށެވެ.

ޒަކާތް ބެހިރަށްތައް

  • ފެހެންދޫއިން - ތުޅާދޫއަށް
  • ދޮންފަނުން- މާޅޮހަށް
  • ފުޅަދޫއިން - ގޮއިދޫއަށް
  • ކެންދޫއިން - ކަމަދޫއަށް
  • ކިހާދޫއިން- ހިތަދޫއަށް
  • ކުޑަރިކިލުން - ކަމަދޫއަށް

ފަގީރުން ނެތް ބައެއް ރަށްތަކުގެ ކައުންސިލްއިން ބުނީ މީގެ ކުރިންވެސް އެރަށްތަކުގައި ފަގީރުން ނެތިގެން އެހެން ރަށްތަކަށް ޒަކާތް ފޮނުވާފައިވާ ކަމަށެވެ. އަދި މިފަހަރުވެސް ޒަކާތް އެެހެން ރަށްތަކަށް ފޮނުވީ އިސްލާމިކް މިނިސްޓްރީގެ ލަފަޔާ އެއްގޮތަކަށް ކަމަށް ކައުންސިލްތަކުން ބުންޏެވެ.

ޒަކާތް ބަހަން ފަށައިފައިވަނީ އިއްޔެއެވެ.