ބައެއް ގޭގޭގައި ދިރިނޫޅެވޭ ވަރަށް ހދ. ނޮޅިވަރަމުގެ ބައެއް ގޭގޭގައި ފެންބޮޑުވެއްޖެއެވެ.

ނޮޅިވަރަމު ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު އާދަމް "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ މިއަދު ހެނދުނު އީދު ނަމާދުއްސުރެ ބޯކޮށް ވިއްސާރަވެހެމުން ދިޔަ ކަަމަށެވެ.

" މިއަދު ހަވީރު ހަތެރެއް ޖެހިއިރު ވާރޭ ހުއްޓާލައިފައި. ބައެއް ހިސާބުތައް އެބަހުރި ތިން ފޫޓަށްވެސް ފެންބޮޑުވެފައި. ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގޭގެ އަލަމާރިއާއި އެނދާ އެއްޗެތި ހަލާކުވެ ބައެއް ގޭގޭގެ މީހުން އެހެން ގޭގެއަށްވަނީ ބަދަލުވެފައި." އާދަމް ވިދާޅުވިއެވެ.

އާދަމް ވިދާޅުވީ ފެންބޮޑުވުމާ ގުޅިގެން މިހާރު އެރަށުގެ ކުޅީ ސަރަހައްދަށް ކޯރުކަނޑައި ފެންތައް ބޭރުކުުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަަމަށެވެ.