ދުނިޔޭގެ ފަތުރުވެރިކަމާ ބެހޭ ޖަމްއިއްޔާ ޔޫއެންޑަބްލިޔުޓީއޯގެ ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ އިސް ގުނަވަނުގެ ޗެއާއަކަށް ރާއްޖެ އިންތިހާބުވެއްޖެ އެވެ.

ޔޫއެންޑަބްލިޔުޓީއޯގެ ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ އިސް ގުނަވަން ކަމަށްވާ ޔޫއެންޑަބްލިޔުޓީއޯ ކޮމިޝަން ފޯ ސައުތުއޭޝިއާގެ ޗެއާއަކަށް ކުރިއަށް އޮތް ދެ އަހަރަށް ރާއްޖެ އިންތިހާބުވެފައިވާ އިރު، މީގެ ކުރިން 1995 އިން 1997 އަށް ރާއްޖެ އިން ވަނީ އެ ޖަމްއިއްޔާގެ ޗެއާގެ މަގާމު ފުރައިފަ އެވެ.

ނުވަ ގައުމު ހިމެނޭ އެ ޖަމްއިއްޔާގެ މެންބަރު ގައުމުތަކަކީ ރާއްޖޭގެ އިތުރުން އަފްޣާނިސްތާނު، ބޫޓާން، ބަންގްލަދޭޝް، އިންޑިއާއީރާން، ނޭޕާލް، ޕާކިސްތާނު އަދި ސްރީލަންކާ އެވެ.

ޔޫއެންޑަބްލިއުޓީއޯގެ ބައްދަލުުވުމުގައި ރާއްޖެ ތަމްސީލުކުރަނީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޑރ. އަހުމަދު ސޯލިހެވެ.