މިއަދުގެ އީދު ނަމާދު ވަގުތު މައްޗަންގޮޅީގެ ގެއެއް ފަޅާލައި ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ، މައްޗަންގޮޅި ގެއެއްގެ މީހުން އީދު ނަމާދަށް ގޮސްތިއްބާ އެ ގޭގެ ދޮރު ހަލާކުކޮށްލައިގެން ވަގުން އެގެޔަށް ވަދެ ގެންގޮސްފައި ވަނީ އެ ގޭގައި ރައްކާކޮށްފައި ހުރި 60،000 ރުފިޔާ އާއި ފޯނެއް ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިއަދު ހެނދުނު 8:30 އެހާކަންހާއިރު އެވެ.

ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.