24 Oct 2011, 12:53
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެ އައި ޓޫރިސްޓުންނަށް ވުރެ މި އަހަރުގެ ސެޕްޓެމްބަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 14.9 ޕަސެންޓް މައްޗަށް ހިނގައްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީ އިން މިއަދު އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެ އައި 71،861 ޓޫރިސްޓުންނަކީ މިދިޔަ އަހަރުގެ އެ މަހު އައި، 62،524 ޓޫރިސްޓުނަށް ވުރެ، 9،337 މީހުން އިތުރު އަދަދެކެވެ.
މިދިޔަ މަހުގެ ރެކޯޑްތައް ދައްކާ ގޮތުން ރާއްޖެ އައި ޓޫރިސްޓުންގެ ތެރެއިން އެންމެ ގިނަ މީހުން ޔޫރަޕުން އައިސްފައިވާ އިރު، އެންމެ ގިނަ މީހުން އައިސްފައި ވަނީ ޖަރުމަނާއި އިނގިރޭސި ވިލާތުންނެވެ.
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 17.7 ޕަސެންޓް އިތުރުވެ، ރާއްޖެ އައި މީހުންގެ ޖުމްލަ ވަނީ 669،172 އަށް އަރައިފަ އެވެ. އަދި އެ އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އައި 568،703 މީހުންނަށް ވުރެ، 100،469 މީހުން އިތުރު އަދަދެކެވެ.