މި އަހަރުގެ ފިތުރު އީދު ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނާ އެކު އީދު ސަލާން ކުރުން ނުބާއްވާ ގޮތަށް ހަމަޖައްސަަވައިފި އެވެ.

އީދު ސަލާން ކުރުން ބާއްވަން ހަމަޖެހިފައި އޮތީ މާދަމާ ހެނދުނު އިން 10:30އަށް ރައީސްގެ ދެކަނބަލުން ދިރިއުޅުއްވާ މުލިއާގޭގަ އެވެ.

ނަމަވެސް، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިރޭ ވިދާޅުވީ، ވިއްސާރައިގެ ސަބަބުން އީދު ސަލާމް ކުރުން ނުބާއްވަން ނިންމަވާފައިވާ ކަމަށެވެ.

އީދު ސަލާން ކުރުން ނުބާއްވަން ނިންމާފައިވާ އިރު މާލެ ހިމެނޭ ގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ދަނީ ވިއްސާރަ ކުރަމުންނެވެ. އީދު ބަންދުގެ ތެރޭގައިވެސް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.