24 Oct 2011, 11:52
އަންނަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ބާއްވާ ޏ. އަތޮޅު ކައުންސިލް ފުވައްމުލަކު މެދު ދާއިރާގެ ބައި- އިލެކްޝަނާއި ފ. އަތޮޅު ބިލެތްދޫ ދާއިރާގެ ބައި- އިލެކްޝަނާއި އއ. އަތޮޅު ހިމަންދޫ ދާއިރާގެ ބައި- އިލެކްޝަނާއި ބ. އަތޮޅު ތުޅާދޫ ކައުންސިލްގެ ބައި-އިލެކްޝަނާ އާ ގުޅޭގޮތުން ހުށަހަލާ ޝަކުވާތައް އެ ކައުންސިލެއް ނިސްބަތްވާ ރަށު ކައުންސިލްތަކުގެ އިދާރައާއި ބެލޭނެ ގޮތް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިފި އެވެ.
ކޮމިޝަނުން ބުނީ އެ ހަތަރު ކައުންސިލުގެ ބައި-އިލެކްޝަންތަކާ ގުޅިގެން ހުށަހަޅާ ޝަކުވާތައް މިއަދުން ފެށިގެން އަންނަ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ބަލައި ގަންނާނެ ކަމަށެވެ.
ކވޯޓުނެގުމަށް ހަމަޖެހިފައިވާ ދުވަހު ޝަކުވާ ބަލައިގަތުމަށް ހަމަޖައްސާފައިވަނީ އެ ދުވަހު ވޯޓު ނަގަން ފަށާއ ހިސާބުން ފެށިގެން ވަގުތީ ނަތީޖާ އިޢުލާން ކުރުމާ ހަމައަށް ކަމަށް ވެސް ބުންޏެވެ.