ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް، ހިސާން ހުސައިން މިއަދު އައްޔަންކޮށްފި އެވެ.

ހިސާން ހުސެއިން އަކީ، ރައްޔިތިން މަޖިލީހުގެ މެންބަރުންގެ ފަރާތުން ޖޭއެސްސީގައި އިންނަވާ މެންބަރެވެ.

ރައީސް އޮފީހުން ބުނީ ހިސާން ހުސެއިން އެމަގާމަށް ރައީސް ހަމަޖެއްސެވީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ބ) އާއި، ޖޭއެސްސީގެ ގާނޫނު ގެ ތިން ވަނަ މާއްދާގެ ފަސް ވަނަ ނަންބަރުގައިވާ ގޮތުގެމަތިން އެވެ.

ޖޭއެސްސީގެ މެންބަރުކަމަށް ހިސާން ހުސެއިން އައްޔަން ކުރުމުގެ ކުރިން ޖޭއެސްސީގެ މެންބަރުކަމުގެ ހުވައި، އޭނާ ވަނީ ރައީސް އަބްދުﷲ ސޯލިހުގެ ކުރިފުޅުމަތީގައި ކުރައްވައިފަ އެވެ. ހިސާންއަށް ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.

މި ރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ސޯލިހު ވަނީ ހިސާންއާ ހަވާލުކުރައްވައިފަ އެވެ.