03 Jun 2019, 11:57
ޑްރަގް ބޭނުން ކުރުމާއި ހަށި ވިއްކުމާއި އެހެން ވެސް ބޮޑެތި ޖަރީމާތައް ހިންގުމުގައި ބޭނުން ކުރަމުން ދިޔަ ގެއެއް ލ ފޮނަދޫ ކައުންސިލާއި ފުލުހުން ގުޅިގެން ރޫޅާލައިފި އެވެ.
ފުލުހުން ބުނީ، ރޫޅާލާފައި ވަނީ ލ. ފޮނަދޫ ކުރިގަމު އަވަށުގެ ވަލު ތެރޭގައި ހަދާފައިވާ ގެއެއް ކަމަށެވެ. ފުލުހުން ބުނީ އެގެ ހަދާފައި ހުރީ ބަންޑާރަ ބިމެއްގައި، ކައުންސިލްގެ އެއްވެސް ހުއްދައެއް ނެތި އެވެ.
ފުލުހުން ބުނި ގޮތުގައި އެ ގޭގައި ޑްރަގް ބޭނުން ކުރުމާއި، ހަށިވިއްކުމާއި އެހެން ވެސް ކުށްތަކަށް އަރައިގަތުމުގެ ކަންތައްތަކެއް ހިންގަމުންދާ ކަމަށް ކައުންސިލަށް ވެސް އަދި ފުލުހުންނަށް ވެސް އެކި ފަހަރު ޝަކުވާ ހުށަހަޅާފައިވެ އެވެ.
ފުލުހުން ބުނީ އެގެ ރޫޅާލަން ނިންމީ ކައުންސިލުން ކަމަށާއި ފުލުހުން ވަނީ އެކަމަށް އެހީތެރިވެދީފައި ކަމަށެވެ.