11 Jun 2010, 14:41
19:00
މިރޭ ފަށައިފައިވާ މި އަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި އެންމެ މޮޅު ޓީމު، ތަށި ކާމިޔާބުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ހެނދުނު ދެއްވި އެމަނިކުފާނުގެ ރޭޑިއޯ ހިތާބުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިފަހަރުގެ މުބާރާތުން އަޅުގަނޑުމެންނަށް ލިބޭނީ ހަމައެކަނި މުނިފޫހިފިލުވުމާއި އުފާވެރިކަމެއް ނޫން ކަމަށާއި، ކިތަންމެ ފިލާވަޅަކާއި ތަޖްރިބާއެއް ވެސް ލިބިގެންދާނެ ކަމުގައި ވިދާޅުވި އެވެ. އަދި މި މުބާރާތުގެ އެންމެ މޮޅު ޓީމު ތަށި ކާމިޔާބުކުރާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.