02 Jun 2019, 14:00
މާދަމާ ފިތުރު ޒަކާތް ބަހަން އިސްލާމިކް މިނިސްޓްރީ އިން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މާދަމާ ހެނދުނު 9:30ގައި ފިތުރު ޒަކާތް ދޫކުރަން ނިންމާފައިވާ ކަމަށެވެ.
ޒަކާތް ދޫކުރާނީ އަރަބިއްޔާ ސްކޫލު ހޯލުގައި އާއި އިސްލާމީ މަރުކަޒުގެ ހޯލުގަ އެވެ. އަރަބިއްޔާ ސްކޫލުުގައި ދޫކުރަން ހަމަޖެހިފައި ވަނީ ގޮވާމުގެ ބާވަތްތަކުން ދިން ޒަކާތެވެ. އިސްލާމީ މަރުކަޒުން ދޫކުރާނީ ފައިސާ އެވެ.
އެ ދެ ތަނުގައި ޒަކާތް ދޫކުރަން ހަމަޖެހިފައި ވަނީ 9:30 އިން 12:00 އަށް، 12:45 އިން 15:30 އަށް، އަދި 21:00 އިން 23:00 އަށެވެ.
އިސްލާމިކް މިނިސްޓްރީގެ އިއުލާނުގައި ބުނީ، ޒަކާތް ދޫކުރެވޭނީ ފަގީރުންގެ ދަފްތަރުގައިވާ ފަރާތްތަކުން ޕާސްޕޯޓު، އައިޑީކާޑު ނުވަތަ އުފަންދުވަހުގެ ސެޓިފިކެޓުގެ އަސްލު ގެނައުމުން ކަމަށެވެ.