01 Jun 2019, 22:39
ކަންމަތީ ފިހާރައަކުން ފެން ކޭހެއް ވަގަށް ނެގި ކަމަށް ބުނެ މިރޭ މާލޭގައި މީހަކު ގަން ހިންގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މިރޭ 20:38 އެހާކަން ހާއިރު، މާފައްނު ބްލޫކިޔާ މަގާއި ދަކަދާ މަގާ ގުޅޭ ހިސާބުގައި ހުރި ފިހާރައަކުން ފެން ކޭހެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި އާންމުންގެ ބަޔަކު ވަނީ 18 އަހަރުގެ މީހަކު ހިފަހައްޓައިފައެވެ.
އެ މީހާގެ ބުރަކަށީގައި "ވަގު" ޖެހުމަށް ފަހު އާންމުން ވަނީ އޭނާ ބްލޫކިޔާ މަގުގައި ގަން ހިންގައިފައެވެ.
އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
މިރޭ މާލޭގައި މީހަކު ގަން ހިންގާފައިވާއިރު، ދާދި ފަހުން ހުޅުމާލޭގައި ކުޑަކުއްޖަކާ ބެހުނު ކަމަށް އެއްބަސްވި މީހަކުވެސް ވަނީ ގަން ހިންގައިފައެވެ.