ފިިިތުރުއީދާއި ދުނިޔޭގެ ތިމާވެށީގެ ދުވަސް ފައިމަގުގައި ހިނގާ ދުވަަހެއްގެ ގޮތުގައި ހަމަޖައްސައި މާލޭ ސިޓީ ކައުންސިލްއިން ގަރާރެއް ފާސްކޮށްފި އެވެ.

ފިތުރު އީދުވަނީ އަންގާރަ ދުވަހަށެވެ. އަދި ތިމާވެށީގެ ދުވަސް ވަނީ އަންނަ ބުދަ ދުވަހަށެވެ.

މާލޭ ސިޓީ ކައުންސިލްއިން ބުނީ އެ ނިންމުން ނިންމީ މޭލޭ ސިޓީއަކީ ރާއްޖޭގައި އެންމެ ގިނައިން މީހުން ދިިރިއުޅޭ ސީޓީއަކަށް ވެފައި މާލޭގެ މަގުތަކަކީ އެހާ ކާރޫބާރޫ ބޮޑު މަގުތަކަަކަށް ވެސް ވުމާ އެކު ފިތުރު އީދު ދުވަހު ދޮށީ އުމުރުގެ މީހުންނާއި ކުޑަކުދިންނާއި ޒުވާނުން އުޅޭ އިރު ލިބިދާނެ ގެއްލުމަކުން ރާއްކާތެރިވުމުގެ ގޮތުން ކަމަށެވެ.

އެހެންކަމުން އަންނަ އަންގާރަ ދުވަހާއި އަދި ބުދަ ދުވަހު ހަވީރު 16:30 އިން ފެށިގެން 18:30 އާ ހަަމައަށް މާލެ އަދި ވިލިމާލޭގައި ދުއްވާ ދުއްވާ އެއްޗެތި ދުއްވުން މަނާކަމަށް ކަނޑައަޅައި އެ ވަގުތަކީ ފައިމަގުގައި ހިނގާ ވަގުތުތަކެއްގެ ގޮތުގައި ސިޓީ ކައުންސިލް އިން ވަނީ ކަނޑައަޅައިފަ އެވެ.