ތުރުކީގެ އިރުމައްޗަށް ބިންހެލުމެއް އައިސް، އިމާރާތެއް ވެއްޓުމުގެ ސަބަބުން އެތައް ބަޔަކު ޒަޚަމްވެ، އަދި މަރުވެއްޖެ ކަމަށް ބީބީސީން ޚަބަރުދެއެވެ. ތުރުކީގެ އަނަތޯލިޔާ ނޫސް އޭޖެންސީން ބުނާ ގޮތުގައި ބިންހެލުން އައިސްފައިވަނީ އިރުއުތުރުގެ ރަށެއް ކަމުގައި ވާނަށެވެ. އަދި މި ހާދިސާގައި 50 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ވެސް އެ ނޫސް އޭޖެންސީން ބުނެއެވެ.

ތުރުކީގެ ބޮޑުވަޒީރުގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި އެތައް ބަޔަކު ޒަޚަމްވިކަމަށާއި އަދި މަރުވި ކަމަށް ހާމަކޮށްފައި އޮތް ނަމަވެސް ޒަޚަމްވީ މީހުންގެ އަދަދެއް ވެސް އަދި މަރުވި މީހުންގެ އަދަދެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.

ތުރުކީ އޮންނަ ތަނުގެ ސަބަބުން، ތުރުކީއަކީ ވަރަށް ގިނައިން ބިންހެލުން އައުމުގެ ފުރުސަތު އޮންނަ ގައުމެއް ކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވެއެވެ.

ތުރުކީގެ ރެޑް ކްރެސެންޓް ޖަމާއަތުން ހާމަކޮށްފައިވާ ގޮތުގައި، މީހުން ދިރިއުޅޭ ފްލެޓުތަކުގެ ތެރެއިން 25 އަށް ވުރެ މަދު ނޫން އަދަދެއްގެ ފްލެޓް ވަނީ މި ހާދިސާގައި އެއްކޮށް ބިމާހަމަވެފައެވެ.