23 Oct 2011, 23:29
ސ. ހުޅުމީދޫގައި ވީލް ލޯޑަރަކާއި ސައިކަލެއް ޖެހި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 19 އަހަރުގެ ޒުވާނަކު މަރުވެއްޖެ އެވެ.
މަރުވީ ހިތަދޫ މިލަރުގެއާގެ، މުޒައްފަރު އިބްރާހިމް އެވެ.
ހުޅުމީދުން މައުލޫމާތު ދިން މީހަކު ބުނީ، އެކުއްޖާ މަރުވީ މިރޭ 11:00 ޖަހާއެހާކަންހާއިރު އޭނާ ދުއްވައިފަ ދިޔަ ސައިކަލު ވީލް ލޯޑަރެއްގަ ޖެހިގެން ކަމަށެވެ. އޭނާ އަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށާއި ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ވަނީ މަރުވެފަ ކަމަށް އެމީހާ ބުންޏެވެ.
http://sun.mv/albums/l_898.jpg
"މަގުގެ ދެކޮޅުން ދުއްވައިފަ ދިޔައީ ދޭތިވެސް. ސައިކަލު ގޮސް ބެކޯގައި ]ވީލް ލޯޑަރުގައި[ ޖެހިފަ އޭގެ ދަތްތައް އޭނަގެ މޭމައްޗަށް ވަދެފަ ހުރީ. ވަރަށް ބޮޑަށް އަނިޔާވި. ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައި އޮތީ،" ހުޅުމީދޫން ވާހަކަދެއްކި މީހާ ބުންޏެވެ.
އެކުއްޖާގެ ހަށިގަނޑު ހިތަދޫއަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އޭނާ އެރަށަށް ދިޔައީ އައްޑޫ ސިޓީ ކައުންސިލާއި ރޯވިން އެސޯސިއޭޝަނާއި ގުޅިގެން އެރަށުގައި ހިންގާ ކޯހެއްގައި އެހީތެރިވުމަށް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
އައްޑޫ ޕޮލިސް ސްޓޭޝަނުން ބުނީ، މަރުވީ 19 އަހަރުގެ ފިރިހެންކުއްޖެއް ކަމަށާއި މިހާތަނަށް ބެލިބެލުމުން އެކްސިޑެންޓުވީ ހަތަރު ފުރޮޅުލީ ވެހިކަލަކާއި ސައިކަލެއް ކަމަށެވެ. އަދި އެކަން އިތުރަށް ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
* ގުޅުން ހުރި ފޮޓޯ 2747 އަށް އެމްއެމްއެސް ކުރައްވާ