30 May 2019, 23:24
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރި ކުރުވުމުގެ ގޮތުން "ރޯޑް ސޭފްޓީ ކެމްޕެއިން "އަންނަ މަހު 2 ވަނަ ދުވަހު ފަށަން ނިންމައިފިއެވެ.
މިއަދު މެންދުރު ޔޫތު މިނިސްޓްރީގައި ބޭއްވި ކޮންފަރެންސްއެއްގައި މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ އެ ކޮންފަރެންސް ބާއްވާނީ އަންނަ އާދިއްތަ ދުވަހު ހަވީރު 04:30 އިން 05:45 އަކަމަށް ކަމަށެވެ.
މިއީ ޔޫތު މިނިސްޓްރީއާއި ޓްރާންސްޕޯޓް މިނިސްޓްރީ އަދި ފުލުހުންނާ ގުޅިގެން ބާއްވާ ކެމްޕެއިންއެކެވެ.
މިނިސްޓަރު ވިދާޅުވީ އެ ކެމްޕެއިންގައި ގިނަ ކުންފުނިތަކެއްވެސް ބައިވެރިވާނެ ކަަމަށެވެ.
" ޖުމްލަކޮށް މި ހަރަކާތުގައި މި އޮންނަނީ ފްރޭމްތަކެއް ތައްޔާރުކޮށްފަ ވީހާވެސް ގިނަ ބަޔަކު ފޮޓޯ ހަމަ ނަގައި ބޮޑަށް ސޯޝަލް މީޑީއާގައި މިކަން ބޮޑަށް ޕޯސްޓްކުރުން. ބޮޑަށް ސޯޝަލް މީޑިއާގައި ޕޯސްޓްކުރުމަށް މިދަނީ." މަހުލޫފް ވިދާޅުވިއެެވެ.
މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެފަދަ ކެމްޕޭންތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައިވެސް ބާއްވާނެކަމަށެވެ،
ޓްރެފިކަށް ހޭލުންތެރިކުރުވަން ޓްރާންސްޕޯޓު މިނިސްޓްރީން ކުރިއަށްގެންދާ "މީތި ސަޅި" ކެމްޕެއިން އެއްވެސް މީގެ ކުރިން ވަނީ ކުރިއަށް ގެންގޮސްފައެވެ.