އިންސާނީ ވަގުފާރި ކުރުމުގެ ތުހުމަތުގައި ރާއްޖެއިން ފުރަން އުޅުނު ބިދޭސީއަކު އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.

އިމިގްރޭޝަނުން ބުނީ އެ ފިރިހެން މީހާ ހިފެހެއްޓީ، ދެމަފިރިއެއްގެ ގޮތުގައި، ޗުއްޓީ ހޭދަ ކުރުމަށް ކަމަށް ބުނެ، އޮޅުވާލައިގެން އަންހެނަކާ އެކު ރާއްޖެއަށް އައުމަށް ފަހު، އަނބިމީހާ ކަމަށް ބުނި އަންހެން މީހާ ރާއްޖެއަށް ދޫކޮށްލައި، އެ އަންހެން މީހާގެ ޕާސްޕޯޓާއެކު ރާއްޖެއިން ފުރަން އުޅުމުނުން ކަމަށެވެ.

އެ މައްސަލައިގައި އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީ މިހާގެ މައްސަލަ ބެލުމަށް މިހާރު އޭނާ ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

އިންސާނީ ވަގުފާރީގެ މައްސަލައަކީ ރާއްޖޭގައި ބޮޑު މައްސަލައެކެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުގެ އިންސާނީ ވަގުވޮޗް ލިސްޓުގައި ރާއްޖެ އޮތީ ޓިއާ ދޭއްގައެވެ. އެއީ އިންސާނީ ވަގުފާރި ހުއްޓުވުމުގައި ކުރިއެރުންތަކެއް ލިބިފައިވާ ނަމަވެސް، އަދިވެސް މައްސަލަތަކެއް ހުރި ގައުމުތައް ހިމެނޭ ޓިއާއެވެ.

ރާއްޖޭގައި ހިއުމަން ޓްރެފިކިން ގާނޫނެއް އޮވެއެވެ. އެ ގާނޫނު އުފެއްދީ 2013 ވަނަ އަހަރުއެވެ. އެ ގާނޫނުގެ އުފެެއްދި ފަހުން އިންސާނީ ވަގުފާރީގެ މައްސަލައެއްގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި ބަޔަކަށް ކުށް ސާބިތުވެ، އެ މީހުން 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2016 ވަނަ އަހަރުގ ތެރޭގަ އެވެ.