29 May 2019, 17:57
ރައްޔިތުންގެ މަޖިލީހުގެ ގަވައިދު އިސްލާހުކުރުމަށް މިއަދު މަޖިލީހުން އެކުލަވާލި 11 މެމްބަރުންގެ ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރު މިއަދު އައްޔަންކޮށްފި އެވެ.
މިއަދު މަޖިލީހުގެ ޖަލްސާއަށް ފަހު ބޭއްވި އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުގައި މެންބަރުން އިއްތިފާގުވީ، އެ ކޮމިޓީގެ މުގައްރިރަކަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ކަނޑައެޅުމަށެވެ. އަދި ނައިބު މުގައްރިރަކަށް ކަނޑައެޅީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެވެ.
ކޮމިޓީގެ މެމްބަރުން
- މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
- ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
- ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
- ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު
- ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން
- ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު
- އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
- ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް
- މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
- ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު
- ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުއްލްޣަފޫރު މޫސާ
މިހާރު އަމަލު ކުރާ މަޖިލީހުގެ ގަވައިދު މަސް ދުވަސް ތެރޭ އިސްލާހުކޮށް ނިންމުމުގެ މަސައްކަތް ހަވާލުކޮށްފައިވާއިރު، އެ ކޮމިޓީގެ ރަސްމީ މަސައްކަތްތައް މާދަމާ ފަށާނެ އެވެ. އެ ކޮމިޓީގެ ބައްދަލުވުން މާދަމާ ހެނދުނު 11:00 ގައި މަޖިލީހުގެ އިދާރާގައި ބޭއްވުމަށް ވަނީ ތާވަލްކޮށްފަ އެވެ.