29 May 2019, 15:25
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ހަފްތާއަކު ދެފަހަރު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް އެ އިދާރާ އިން ނިންމައިފި އެވެ.
ނަވަރާ ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަމަ ޖަލްސާއަށް ފަހު، މިއަދު މަޖިލިސް އިދާރާ އިން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާފާފައެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ، މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިސްނެންގެވުމާއެކު، ކޮންމެ ހަފްތާއަކު ދެ ދުވަހު މަޖިލިސް އިދާރާ އިން މީޑިއާ މެދުވެރިކޮށް އާންމުނަށް މައުލޫމަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"މީގެ ފަހުން، ރައްޔިތުންގެ މަޖިލީހާއި މަޖިލިސް އިދާރާ އިން ހިނގާ މުހިންމު ކަންތައްތައް މީޑިއާ މެދުވެރިކޮށް، އާންމުންނާ ހިއްސާ ކުރުމަށް ފަށާ މަސައްކަތެއް،" ނޫސްވެރިންގެ ބައްދަލުވުން ފައްޓަވަމުން ނިއުޝާ ވިދާޅުވިއެވެ.
ނިއުޝާ ވިދާޅުވީ، ކޮންމެ ބައްދަލުވުމެއްގައި ވެސް އެ ދުވައްހެގައި މަޖިލިސްގައި ހިނގައިދިޔަ ކަންތައްތަކާ ހަފްތާތެރޭގައި މަޖިލީހުގައި ކުރިއަށް ރޭވިފައި ހުރި ކަންތައްތަކުގެ މައުލޫމަތު ހިއްސާ ކުރެވޭނެ ކަމަށެވެ.
ނަވާރަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަ، ޖަލްސާ މިއަދު ބޭއްވި އިރު، މިއަދުގެ މަސައްކަތްތާ ގުޅޭ ގޮތުން ނިއުޝާ އަލި އަޅުވާލިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ވަނީ، އިންޑީއާގެ ބޮޑު ވަޒީރު ނެރެހެންދުރަ މޯދީ މަޖިލިސްގައި މުހާތަބުކޮށް ވާހަކަ ދެއްކުމަށް ހުއްދަ ދިނުމަށް ނިންމާފައެވެ. ޖެއެސްސީގެ މެމްބަރު ކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންގެ ނަން ފޮނުވުއްމަށް ވެސް މިއަދު މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އޭގެ އިތުރުން މިއަދު މަޖިލީހުގައި ވަނީ މަޖިލީހުގެ ގަވާއިދު އިސްލާހުކުރަމަށް ކޮމެޓީއެއް 11 މެމްބަރުންގެ ކޮމެޓީ އެކުލަވާލާފައެވެ.
މިއަދު އެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން ބާއްވާ އިރު، މިއަދު ކޮމެޓީގެ މުގައްރިރާއި ނައިބު މުގައްރިރަކު ކަނޑައަޅާނެއެވެ.
މަޖިލިސް މަސައްކަތްތަކާ ގުޅޭގޮތުން ހަފްތާއަކު ދެފަހަރު މައުލޫމަތު ދިނުމަށް ނިންމާފައިވާއިރު، މީގެ ކުރިން އެގޮތަށް މަޖިލިސް މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުން ބާއްވާ މައުލޫމަތު ދީފައި ވަނީ ވަރަށް މަދު ފަހަރަކު އެވެ.