މޯލްޑިވްސް މީޑިއާ ކައުންސިލުން މި އަހަރުގެ ތެރޭގައި ހިންގުމަށް ކަނޑައަޅާފައިވާ ކޯސްތަކުގެ ފުރަތަމަ ކޯސް މިއަދު ފައްޓައިފި އެވެ.

"އެކިއުރަސީ މޭކްސް މީޑިއާ ކްރެޑިބަލް"ގެ ނަމުގައި މިއަދު ހެނދުނު ފެއްޓި، "ޕްރެވެންޓިން ވައިލެންސް އެގެއިންސް ވިމެންސް"ގެ ދެ ދުވަހުގެ ކޯހުގައި ކިޔަވައިދެއްވަނީ ހޯމް މިނިސްޓަރުގެ ނައިބު އައިޝަތު ވެލެޒިނީ އެވެ.

މީޑިއާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޕްރޮގްރާމް ހިންގަނީ މީޑިއަމްތަކުގައި މަސައްކަތް ކުރާ ނޫސްވެރިންނަކީ، ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުތަކަށް ތަބާވެގެން ތިބެ، މުޖުތަމައަށް ހަބަރު ފެތުރުމުގެ ހުނަރު ލިބިގެންވާ ބަޔަކު އުފެއްދުން ކަމަށެވެ.

މިއަދު ފެއްޓި ކޯހުގައި 11 މީހަކު ބައިވެރިވެފައިވެ އެވެ.