28 May 2019, 23:55
ނަވަރާނަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އެ ޕާޓީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާ މެމްބަރު، ރައީސް މުހައްމަދު ނަޝީދު އިންތިހާބު ވެއްޖެ އެވެ.
މަޖިލިސް ރައީސް ކަމުގެ ވޯޓު ރައީސް ނަޝީދު ކާމިޔާބު ކުރެއްވީ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާ މެމްބަރު ގާސިމް އިބްރާހީމާ ވާދަކޮށެވެ.
ރައީސް ނަޝީދަށް ލިބިވަޑައިގަތީ 67 ވޯޓެވެ. ގާސިމަށް ލިބިވަޑައިގަތީ 17 ވޯޓެވެ. ބާތިލް ވޯޓުގެ އަދަދަކީ އެކެކެވެ.
މަޖިލިސް ރައީސް ކަމަށް ނަޝީދުގެ ނަން ހުށަހެޅުއްވީ، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. އަސްލަމްގެ ނަން ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، މެދު ހެންވެރު ދާއިރާގެ މެމްބަރު، އަލީ އާޒިމެވެ.
ވޯޓުން ނާކާމިޔާބުވެވަޑައިގެންނެވި، ގާސިމްގެ ނަން ހުށަހެޅުއްވީ، މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގެވެ. ތޯރިގުގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، ފަރެސްމާތޮޑާ ދާއިރާ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.