29 May 2019, 10:40
މިއަދު އުރީދޫ ބަދިގޭގައި މި ތައްޔާރުކޮށްލަނީ ވަރަށް ފަސޭހައިން ހެދޭނެ ފޮނިއެއްޗެކެވެ. އުރީދޫ ބަދިގޭގައި އަހަރެމެން ގެނެސްދޭ އެންމެ ފަހު ޗެފް، ތޫތަ ބުނާގޮތުގައި މިއީ އެންމެ ބިޒީކޮށް އުޅެމުންވެސް ތައްޔާރުކޮށްލޭނޭ ރަހަމީރު އެއްޗަކަށްވާނެ އެވެ.
މި ރެސިޕީއާއި އެކު އުރީދޫ ބަދިގޭގައި ގެނެސްދޭ ޗެފުންގެ ހުރިހާ ރެސިޕީއެއްވެސް ނިމުނީއެވެ. ބާކީ އޮތް ހަ ރެސިޕީ ގެނެސްދޭނީ އުރީދޫ ބަދިގޭގެ ލޮކޭޝަން ޕާޓްނަރު ކަމުގައިވާ ޓައިޑްސް ކެފޭ އެންޑް ބިސްޓްރޯގެ ފަރާތުންނެވެ.
ބޭނުންވާ ތަކެތި
- 30 ލޭޑީ ފިންގާ (ސެވިއޮލާޑީ، ސްޕޮންޖް ބިސްކޯދެއް)
- 1/2 ޖޯޑު އޮރެންޖް ޖޫސް3 ޖޯޑު ސްޓޯބެރީ (ފަޅާފައި)
- 1/4 ޖޯޑު ފެން
- 1/2 ޖޯޑު ހަކުރު
- 1 ޖޯޑު ވިޕިން ކްރީމް
- 1 ޖޯޑު މަސްކަރްޕޯނެ
ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ ސްޓޯބެރީ ސޯސް ތައްޔާރުކުރުމަށްޓަކައި މެދު ގިނީގައި ފެނާއި އެކު ސްޓޯބެރީ ހޫނުކޮށްލާށެވެ. ތެލީގައި ބޮކި އަރަންފެށުމުން ހަކުރު އެޅުމަށްފަހު 5 ވަރަކަށް މިނިޓް ކައްކާލާށެވެ.
އެއަށްފަހު އުނދުން މަތިން ނަގާ ފުޑް ޕްރޮސެސާއެއްގައި ނުވަތަ ބްލެންޑަރެއްގައި ބްލެންޑްކޮށް ދިޔާކޮށްލާށެވެ. ދެން ވިޕް ކްރީމާއި ހަކުރާއި އެއްކޮށް 'ސޮފްޓް ޕީކްސް' ތަކެއް އަންނަންދެން ވިޕް ކޮށްލާށެވެ. އެއަށްފަހު މަސްކަރްޕޯނެ އާއި އެއްކޮށްލުމަށްފަހު އެއްކޮށް އޮމާންވަންދެން ގިރާލާށެވެ.
މިކަން ކޮށްނިމުމުން، ލޭޑީ ފިންގާތައް ނަގައި ޓްރޭގައި އަތުރާލާށެވެ. އެއަށްފަހު ދެންމެ ތައްޔާރުކުރި މިކްސް އަޅާލާށެވެ. އަދި މިގޮތަށް ރިޕީޓް ކުރަމުން ދާށެވެ.
އެއަށްފަހު ފްރިޖުގައި 2 ގަޑިއިރާއި 4 ގަޑިއިރާއި ދެމެދު ބަހައްޓާލާށެވެ. ސާރވްކުރަންވުމުން ސްޓޯބެރީ ލޭޔާއެއް މައްޗަށް އަޅާލާށެވެ.