ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި މިއަދާއި މިރޭ ވެސް މުހިންމު މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. ޕްރެމިއާ ލީގުގަ އާއި، ސްޕެނިޝް ލަލީގާގަ އާއި، އިޓަލީ ލީގުގަ އާއި އަދި ޖަރުމަން ލީގުގެ މެޗުތަކެއް މިރޭ ވެސް ކުރިއަށް ދާނެ އެވެ.

މިއަދު ކުޅެވޭނެ އެންމެ ވަރުގަދަ މެޗެއްގެ ގޮތުގައި ފާހަގަ ކޮށްލެވެނީ މެންޗެސްޓާ ގެ ދެކުލަބު ވާދަކުރާ ފޯރިގަދަ މެޗެވެ. މެންޗެސްޓާ ޔުނައިޓެޑް ގެ އޯލްޑް ޓްރެފަޑް ސްޓޭޑިއަމްގައި ކުޅޭ މިމެޗަކީ ދެޓީމަށް ވެސް މުހިންމު ވެގެންދާނެ މެޗެކެވެ. އެއްކޮޅުން މެންޗެސްޓާ ސިޓީ ލީގުގެ އެއްވަނަ މަގާމު ގައި ދެމި ހުރުމަށް މަސައްކަތް ކުރާނެ އިރު، މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ކުރާނީ އެއްވަނަ މަގާމަށް އަރާށެވެ.

މިއަދާއި މިރޭ ކުރިއަށް ދާނެ މެޗުތައް ތިރީގައި އެވަނީ އެވެ. މި މެޗުތައް ކުޅޭ ގަޑިދީފައި އެވަނީ ރާއްޖެ ގަޑިއާ އެއްގޮތަށެވެ.

ޕްރެމިއާ ލީގު
17:30 : އާސެނަލް – ސްޓޯކް ސިޓީ
17:30 : ފުލަމް – އެވަޓަން
17:30 : މެންޗެސްޓާ ޔުނައިޓެޑް – މެންޗެސްޓާ ސިޓީ
19:00 : ބްލެކްބާން ރޮވާސް – ޓޮޓެންހަމް ހޮޓްސްޕާ
20:00 : ކުއީން ޕާކް ރޭންޖާސް – ޗެލްސީ

ސްޕެނިޝް ލަލީގާ
15:00 : ރެއާލް ބެޓިސް – ރަޔޯ ވަލެކާނޯ
19:00 : ރެއާލް ސޮސިއެޑާޑް – ގެޓަފޭ
20:00 : ސްޕޯޓިންގް ގިޖޯން – ގްރެނޭޑާ
21:00 : އެތްލެޓިކޯ މެޑްރިޑް – މަލޯކާ
21:00 : އޮސަސޫނާ – ރެއާލް ޒަރަގޯޒާ
23:00 : ވެލެންސިއާ – އެތްލެޓިކް ބިލްބާއޯ
01:00 : ވިލަރެއާލް – ލަވެންޓޭ

އިޓާލިއަން ސެރީއާ
15:30 : ލެޗޭ – އޭސީ މިލާން
18:00 : އޭއެސް ރޯމާ – ޕަލާމޯ
18:00 : ކަގްލިއަރީ – ނަޕޯލީ
18:00 : އިންޓަމިލާން – ޗިއޭވޯ ވެރޯނާ
18:00 : ޕާމާ – އެޓްލާންޓާ
18:00 : ސިއެނާ – ސެސެނާ
18:00 : އުދިނޭސީ – ނޮވާރާ
23:45 : ބޮލޮގްނާ – ލާޒިއޯ

ޖަރުމަން ބުންޑަސްލީގާ
18:30 : ބެޔާ ލެވަކޫސަން – ޝާލްކޭ 04
20:30 : ހެނޯވާ – ބެޔާން މިއުނިކް