28 May 2019, 22:31
"އައްސަލާމް އަލައިކުލް!،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ހުކުރު މިސްކިތުން ތަރާވީސް ނަމާދު ނިންމަވާފައި ނިކުމެވަޑައިގަތްތަނުން ކުޑަކުއްޖަކު ރައީސްއާ ސަލާމްކުރަން އަތްދިއްކޮށްލަމުން ބުނެލި އެވެ.
ސޯޝަލް މީޑިއާގައި މިހާރު ވައިރެލްވެފައިވާ 14 ސިކުންތުގެ ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ.
ހިނިތުން ވުމާ އެކު ރައީސް އެ ކުޑަކުއްޖާއަށް ޖަވާބު ދެއްވީ؛" ވާލައިކުމުއް ސަލާމް" އޭ ވިދާޅުވަމުން އެވެ. ކުޑަކުއްޖާގެ ސަލާމް ބަލައިގަނެ ރައީސް ސޯލިހް އޭނާއާ ސަލާމްކުރެއްވި އެވެ.
ރައީސްއާ މެދު ހާއްސަ ޝައުގުވެރިކަމެއް ހުރި އެ ކުއްޖާ އަނެއްކާވެސް ރައީސްއަށް ސުވާލެއް އަމާޒު ކުރެއްވި އެވެ؛ "ކޮންތާކަށް ތި ދަނީ،"
ރައިސް ޖަވާބު ދެއްވީ؛ "މިދަނީ ގެއަށް ދާން" ކަމަށެވެ.
ދެން ވެސް ކުޑަކުއްޖާގެ ސުވާލުތަކަށް ނިމުމެއް ނައެވެ؛ "ކޮންނަމެއް ކިއަނީ ގެއަށް؟" ދެން ވެސް އެ ކުއްޖާ ރައީސްއާ ސުވާލު ކުރެއްވި އެވެ. ސުވާލުތަކަށް ނިމުމެއް ނައުމުން، ރައީސް ސޯލިހު އެ ކުއްޖާއަށް ސުވާލެއް ކުރެއްވީ އެވެ. ރައީސް ސޯލިހު ސަމާސާ ރާގަކަށް ވިދާޅުވީ؛ ރައީސް ދިރިއުޅުއްވާ ގެ އެ ހަމަ ރަނގަޅަށްވެސް އެނގޭނެ" ކަމަށެވެ.
ރައީސް ސޯލިހުއަށް އެހެން ރަނގަޅަށް ނުބުނެވި އުޅެނިކޮށް އެ ކުއްޖާ ޖަވާބު ދީފި އެވެ. "މުލިއާގެ. ހެހެހެހެހެ" ރައީސްއާ ވާހަކަ ދެއްކުނީތީ އުފަލުގައި ހުރި އެ ކުއްޖާގެ ޖަވާބުން މުޅި ތަނަށް އުފާވެރިކަން އައެވެ.
ރައީސް ސޯލިހު މާލޭގައި ހުންނަވައިފި ނަމަ، ތަރާސް ވީސް ނަމާދާއި ހުކުރު ނަމާދަށް ވެސް ވަޑައިގަންނަވަނީ ހުކުރު މިސްކިތަށެވެ. އަދި ނަމާދު ނިންމަވާފައި ނިކުމެ ވަޑައިގަންނަވަމުން އާންމުނާ ސަލާމް ކުރައްވައި ހިޔާލު ބަދަލު ކުރައްވާ ހައްދަވަ އެވެ.