މާލެ އަތޮޅު ޗާޔާ ރިސޯޓުން އެ އަތޮޅު ހުރާ ސިއްހީ މަރުކަޒަށް ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާގެ ސާމާނު ހަދިޔާކޮށްފި އެވެ.

ހުރާ ކައުންސިލް އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި އެ ކައުންސިލްގެ ނައިބު ރައީސް އީސާ އަހުމަދު ވިދާޅުވީ މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި ހުރާ ސިއްހީ މަރުކަޒާ އެ ތަކެތި ހަވާލު ކުރީ އޮސްޓްރޭލިއާގެ އަށް ޑޮކްޓަރުންގެ ޓީމަކުން ކަމަށެވެ.

"އެ ބޭފުޅުން އަޅުގަނޑުމެންނަށް ހަވާލު ކުރި އެއްޗެހީގެ ތެރޭ ސީޕީއާރު ދިނުމަށް ބޭނުން ކުރާ ސާމާނާއި އޮކްސިޖަން ފުޅި ހިމެނޭ،" އީސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އެއްޗެހި ޗާޔާ ރިސޯޓުން އެ ރަށު ސިއްހީ މަރުކަޒާ ހަވާލު ކުރީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ހުރައަށް ދަތުރު ދިޔަ ހިރިޔާ ސްކޫލްގެ ޕްރިންސިޕަލާއި އެ ސްކޫލްގެ ހަތަރު ކުއްޖަކު ގެނބިގެން މަރުވި ހާދިސާއާ ގުޅިގެން ކަމަށެވެ.