28 May 2019, 10:28
ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަޖޭ ދޭވްގަންގެ ބައްޕަ، ވީރޫ ދޭވްގަން އިއްޔެ މަރުވެއްޖެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން ވީރޫ މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށް ފަހު އެވެ. އިއްޔެ ހެނދުނުގެ ވަގުތެއްގައި ވީރޫ މަރުވީ މުމްބާއީގެ ސޫރިޔާ ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާ ދެމުން ދަނިކޮށެވެ.
ވީރޫ އަކީ ބޮލީވުޑްގެ މަޝްހޫރު އެކްޝަން އަދި ސްޓަންޓް ކޮރިއޯގްރާފަރެކެވެ. އެގޮތުން ވީރޫ ވަނީ 80 އަށް ވުރެ ގިނަ ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި 'ޝެހެންޝާ'، 'އިންކާރް'، ހިންމަތުވާލާ' އަދި 'ޚޫން ބަރީ މާންގް' ފަދަ ފިލްމުތައް ހިމެނެ އެވެ.
އޭގެ އިތުރުން ވީރޫ ވަނީ ފިލްމެއް ޑައިރެކްޓު ވެސް ކޮށްފަ އެވެ. އެއީ އަޖޭ ބޮލީވުޑަށް ތައާރަފުވި ފިލްމު 'ފޫލް އޯރް ކާންޓޭ' އެވެ. އެ ފިލްމުގައި އަޖޭ އާ އެކު އަމީތާބު ބައްޗަން އަދި ސުޝްމީތާ ސެން ފަދަ ތަރިން ފެނިގެން ދިޔަ އެވެ.