28 May 2019, 10:01
ހދ. ނެއްލައިދޫގަައި ދިރިިއުޅޭ ބިދޭސީންނަށް ރޯދަވީއްލުމެއް އިއްޔެ ބާއްވައިފިއެވެ.
މިއީ އެރަށުގައި ހިންގާ "ނެއްލައިދޫ އަމީގޯ އޮފް ޔޫތު" ޖަމިއްޔާއިން އިންތިޒާމްކޮށްގެން ބޭއްވި ރޯދަ ވީއްލުމެކެވެ.
އެ ރޯދަ ވީއްލުން ބާއްވައިފައިވަނީ ނެއްލައިދޫ ސްކޫލުގައެވެ.
އެ ޖަމިއްޔާގެ މުވައްސިސް މުހައްމަދު އަލީފް "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ނެއްލައިދޫގައި ދިރިއުޅޭ ބިދޭސީން އެއްތަނަކުން ބައްދަލުވެ ހާލު އަހުވާލި އަހައި އެއް ސުފުރާ މަތިން ކާލަން ފުރުސަތު ދިނުމުގެ ގޮތުން ބޭއްވި ރޯދަ ވީއްލުމެއް ކަމަށް އަލީފް ވިދާޅުވިއެވެ.
"ބިދޭސީންވެސް އެ އުޅެނީ އެމީހުންގެ އާއިލާތަކާ ވަރަށް ދުރުގައި. މުސްލިމުންގެ ރިވެތި އުސޫލުތައް އާލާ ކުރަން އަޅުގަނޑުމެން ބޭނުންވީ. ބިދޭސީންވެސް ގޯސްކަމެއް ނުކުރާހާ ހިނދަކު އެމީހުންވެސް މިތަނުގައި އުފަލުގައި ދިރިއުޅެވޭނެގޮތް ހަދަން ޖެހޭ." އަލީފް ވިދާޅުވިއެވެ.
އަލީގް ވިދާޅުވީ އެ ރޯދަ ވީއްލުމުގައި 60 އެއްހާ ބިދޭސީން ބައިވެރިވިކަމަށެވެ.
ނެއްލައިދޫއަކީ 1300 މީހުން ދިރިއުޅޭ ރަށެކެވެ. އެ ރަށުގައި މިވަގުތު ދިރުއުޅޭ ގިނަ ބިދޭސީންނަކީ ބަނގުލަދޭޝް މީހުންނެވެ.