ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އެމްޑީޕީން ކަނޑައަޅާ މެމްބަރަކު ހޮވުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިރޭ ވޯޓު ނަގަން ހަމަޖެހިފައިވާ އިރު އެ ވޯޓު ނަގާ ދަރުބާރުގޭގެ ބޭރުގައި އެ ޕާޓީގެ ބައެއް މެމްބަރުން މުޒާހަރާ ކުރަން ފަށައިފިއެވެ.

މިވަގުތު ދަރުބާރުގޭގެ ބޭރުގައި މުޒާހަރާ ކުރަމުންދާ މީހުންގެ ތެރެއިން ބައެއް މީހުން ވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށް ވޯޓު ދެއްވުމަށް ބާރު އަޅައި ގޮވާލަމުންނެވެ.

އެމީހުން ގޮވަމުން ދަނީ "އަންނި [ރައީސް ނަޝީދު] އެދޭ ގޮތަށް ވޯޓު" ލައިދިނުމަށެވެ.

ސަޕޯޓަރުން އެގޮތަށް ޝުއޫރުފާޅު ކުރަމުން ދާއިރު ކުރީގެ ރައީސް އަދި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފައިވަނީ އަސްލަމް މަޖިލިސް ރައީސަކަށް ގެނައުމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތާއީދު ކުރައްވަނީ ވިލުފުށި ދާއިރާގެ އިންތިހާބީ މެމްބަރު ހަސަން އަފީފަށެވެ.