ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ރޯދަވީއްލުމެއް ދެއްވައިފި އެވެ.

އެ ރޯދަވީއްލުން ބާއްވަވާފައި ވަނީ އިއްޔެ ހަވީރު މުލީއާގެގަ އެވެ.

އެ ރޯދަވީއްލުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިސްނެންގެވުމުގެ މަތިން ބޭއްވެވި ރޯދަވީއްލުމެކެވެ.

ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ކޮންމެ އަހަރަކު ވެސް ރާއްޖޭގެ އެކި ޖަމާއަތްތަކުން ރޯދަވީއްލުންތައް ބާއްވަމުން ގެންދެ އެވެ.

ކުޑަކުދިންގެ ހިޔާއަކީ އަޅާލާނެެ ފަރާތްތައް ނެތް 13 އަހަރުން މަތީގެ ކުޑަކުދިންނަށް ހިޔާވަހިކަން ފޯރުކޮށްދިނުމަށް ވިލިމާލޭގައި ހަދައިފައިވާ ތަނެކެވެ. އެތަނުގައި މިހާރު ވެސް 42 ކުޑަކުދިން ތިބެ އެވެ.