Last Updated: 7 year 6 month ago

ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އެމްޑީޕީން ކަނޑައަޅާ މެމްބަރަކު ހޮވުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގައި ނަގާ ވޯޓުގެ ލައިވް ކަވަރޭޖަށް މަރުހަބާ
ރައްޔިތުންގެ މަޖިލީހުގެ ރައީސެއް ކަނޑައަޅަން އެމްޑީޕީން މިރޭ ކުރިއަށްދާ ވޯޓުގައި ވާދަ ކުރައްވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އަދި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި 65 މެމްބަރުން އެމްޑީޕީގައި ތިބޭ. އެމްޑީޕީން ކަނޑައަޅާ މަޖިލިސް ރައީސަކަށް އަންނަން އެންމެ މަދުވެގެން 33 ވޯޓު ބޭނުންވާނެ.
މިވަގުތު އެމްޑީޕީގެ ސަޕޯޓަރުން ދަނީ ދަރުބާރު ގޭގެ ބޭރުގައި ޝުއޫރު ފާޅު ކުރަމުން. އެމީހުން ގޮވަމުން ދަނީ "އަންނި [ރައީސް ނަޝީދު] އެދޭ ގޮތަށް ވޯޓު" ލައިދިނުމަށް.
ސަޕޯޓަރުން އެގޮތަށް ޝުއޫރުފާޅު ކުރަމުން ދާއިރު ނަޝީދު އެދިވަޑައިގެންފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމު މަޖިލިސް ރައީސަކަށް ގެންނަން ވޯޓު ލުމަށް
ނިންމުމަށް މެންބަރުން ޖަމާވާން ފަށައިފި
އެމްޑީޕީގެ 19 ވަނަ މަޖިލީހުގެ ޕީޖީ ގްރޫޕްގެ ބައްދަލުވުން ފެށެން 10 ވަރަކަށް މިނެޓަށް މި ވަނީ ކުޑަތަންވެފައި. ބައެއް މެންބަރުން މިހާރު ވަނީ ޖަލްސާ ބާއްވައި ރަންނަބަޑޭރި މާލަމަށް ވަޑައިގެންފައި. ރިޔާސަތުގައި ޗެއާޕާސަން ހަސަންއާ އެކު ރައީސް ނަޝީދު އެބަ އިންނެވި. އެމަނިކުފާނު ދޭތެރެ ދޭތެރެއިން މަޖިލިސް ރައީސް ކަމަށް ކުރިމަތިލައްވާ މެންބަރު އަސްލަމްއާ އިރުއިރުކޮޅާ ވާހަކަ ދައްކަވައި މަޝްވަރާ ކުރައްވާތަން ފެނޭ. މީހުންގެ މޫނު މަތިން ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ފެނޭ. އެކަމަކު އަދި މާހައުލު އޮތީ ވަރަށް އަމާންކޮށް.
މިރޭ ބާއްވާ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ބައްދަލުވުމުގެ ރިޔާސަތުގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހަައްމަދު ނަޝީދު އަދި ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފުގެ އިތުރުން ޕާޓީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ބައިވެރިވެ ވަޑައިގަންނަވަނީ