"ސަލްމާ! މިއީ އަހަރެން. ޝަޙްތޫތު. ތިބާގެ ކާބެގެ ދަރިފުޅު." ޝަޙްތޫތު ބުންޏެވެ.

*****

"ހިލާލް! މި ބީރަށްޓެހި މީހާއަކީ ކާކު؟" މުފްތާޙު ސުވާލު ކުރެއްވިއެވެ.

"ސާހިބާ! އަޅުގަނޑަކަށް ނޭނގޭ." ހިލާލް ޖަވާބު ދިނެވެ.

"އޭނާ ހުރި ސިފައިން ޝައްކު އެބަ ކުރެވޭ. އަހަރެންގެ ކައިރިޔަށް އޭނާ ގެނޭ." މުފްތާޙު ވިދާޅުވިއެވެ.

"އޭ މިއޮތް ދާ މީހާ! ހުއްޓޭ!" ހިލާލް ގޮވައިލިއެވެ.

"ކިހިނެއް ވީ؟" ހައިރާން ކަމާ އެކު ޝަޙްތޫތު އެހިއެވެ.

"ހިލާލް! ރަނގަޅަށް އޭނާ ފާސް ކުރޭ!" މުފްތާޙު ވިދާޅުވިއެވެ.

"ހިލާލް! މި ވަނީ ކިހިނެއް ކަން އަހަރެން އެނގޭން ބޭނުން." ޝަޙްތޫތު ބުންޏެވެ.

"ސާހިބާ! އޭނާގެ އަތުން ވަޅިއެއް ފެނިއްޖެ." ހިލާލް ބުންޏެވެ.

"އެ ވަޅިއަކީ ކަރާގައި ދަނޑު ފަޅަން ... މި ދެންނެވީ ދަނޑުގައި ކަރާ ފަޅަން އަޅުގަނޑު ގެންގުޅޭ ވަޅިއެއް." ޝަޙްތޫތު ބުންޏެވެ.

"މިތަނުގައި ބާޒާރު މަތީ، ކޮން ދަނޑެއް." މުފްތާޙު އެއްސެވިއެވެ.

"އެއީ ރަށް ބޭރު. އަޅުގަނޑު މި ދަނީ ރަށް ބޭރަށް." ޝަޙްތޫތު ބުންޏެވެ.

"ތިޔަ ވާހަކަ ގާޒީގެ ކުރިފުޅު މަތީގައި ބުނޭ!" މުފްތާޙު ވިދާޅުވިއެވެ.

"ގާޒީއޭ ތޯ؟ އެއީ އަޅުގަނޑުގެ ބޮޑުބޭބެ." ޝަޙްތޫތު ބުންޏެވެ.

"އޭ ހިލާލް! ދަނޑުގައި ކަރާ ފަޅާން ގެންގުޅޭ ވަޅިއެއް އަތުގައި އޮތޭ ކިޔާފައި މާތް މީހަކު ހައްޔަރު ކުރަނީ ތަ؟ އެ ބޭފުޅާ އޭނާގެ ބޮޑުބޭބެގެ ގެއަށް ގެންގޮސް ދީ! އަދި އެއީ އަސްލުގައި ވެސް ގާޒީގެ އަޚުގެ ދަރިފުޅު ތޯ ޔަގީން ކުރާތި!" ހިލާލްއާ ދިމާއަށް މުފްތާޙު ވިދާޅުވިއެވެ.

*****

"ދަރިފުޅާ ސަލްމާ! ކިހިނެއް ވެފައި ތި އިނީ؟" ޞަފިއްޔުއްދީން އެއްސެވިއެވެ.

- ނުނިމޭ -