26 May 2019, 23:50
"ކުޑަ އިރުކޮޅެއް. ދޮރުގައި ޓަކި ޖަހާ މީހާ!" ވަދީދާ ބުންޏެވެ.
"ތިބާ ވަރަށް ބޮޑު ވެއްޖެ. ސަލްމާ! ނުވެސް އެނގުނު." ބޭރުން އައި މީހާ ބުންޏެވެ.
"އަހަންނަކީ ސަލްމާއެއް ނޫން. ތިޔައީ ކާކު؟" ވަދީދާ ބުންޏެވެ.
"އަހަންނަކީ ޝަޙްތޫތު. މިއީ އަހަރެންގެ ހިމާރު ހަސްހަސް." ޝަޙްތޫތު ބުންޏެވެ.
"އޭ މިހިރަ މީހާ! މަޑު ކުރޭ! ތިޔަ ހިމާރާ އެކު ގޭ ތެރެއަށް ވަދެވޭނެ ކަމަށް ތަ ހީ ކުރީ؟" ވަދީދާ ބުންޏެވެ.
"ކޮބާ މައްސަލައަކީ؟" ޝަޙްތޫތު ބުންޏެވެ.
"މިގޭ ތެރޭގައި ހިމާރެއް؟ މިއީ ކޮން ކަމެއް؟" ޞަފިއްޔުއްދީން އެއްސެވިއެވެ.
"އޭ ބޮޑުބޭބޭ! މިއީ އަހަރެން." ޝަޙްތޫތު ބުންޏެވެ.
"ކާކު؟ އަހަރެންގެ އަޚާގެ ދަރިފުޅު ޝަޙްތޫތު ތަ؟" ޞަފިއްޔުއްދީން އެއްސެވިއެވެ.
"ލައްބަ!" ޝަޙްތޫތު ބުންޏެވެ.
"ވަދީދާ! އަސްތަބަލް ދައްކާ!" ޞަފިއްޔުއްދީން ވިދާޅުވިއެވެ.
"ބޮޑުބޭބޭ! ތިޔަ ހެން ތޯ އަޅުގަނޑާ އިސްތިގުބާލު ކުރައްވަނީ. ކައިރިޔަށް ދުރުވެ ސަލާމް ކޮށް ލެއްވުމެއް ވެސް ނެތް. އަދި ތިޔަ ބުނުއްވަނީ އަސްތަބަލް ދައްކާށޭ. އެ ތަނުގައި ތޯ އަޅުގަނޑު އޮންނާން ވީ." ހިތްހަމަ ނުޖެހިފައި ހުރެ ޝަޙްތޫތު ބުންޏެވެ.
"މި ބުނީ ހިމާރުގެ ވާހަކަ. ކިހިނެއް ގޭގެ ތެރެއަށް ހިމާރު ވައްދާނީ؟" ޞަފިއްޔުއްދީން ވިދާޅުވިއެވެ.
"އޭގެ މަތީގައި ހުރީ ބޮޑުބޭބެއަށް އަޅުގަނޑުގެ ބައްޕަ ފޮނުއްވި ހަދިޔާ. ފަރުބަދަ މަތީގެ މާމުޔާއި ފަޠީރާ. އަދި މި ޙަލްވާ މިއީ ސަލްމާއަށް." ޝަޙްތޫތު ބުންޏެވެ.
"ކާކު އަޑު ގަދަ ކުރަނީ؟ މިއީ ކޮން ހިމާރެއް؟" ސަލްމާ އެހިއެވެ.
"ސަލްމާ! މިއީ އަހަރެން. ޝަޙްތޫތު. ތިބާގެ ކާބެގެ ދަރިފުޅު." ޝަޙްތޫތު ބުންޏެވެ.
- ނުނިމޭ -